ކޯވިޑް 19 އާއި ގުޅިގެން ހިންގޭ ހަރަކާތްތައް

ކަރަންޓީނުކޮއްފައިވާ 5 ފިހާރައެއް ޑިސްއިނަފެކްޓް ކޮށް އަލުން ރައްޔިތުންނަށް ޚިދުމަތްދެވޭގޮތަށް މިތަންތަން ތައްޔާރުކުރެވުނެވެ.

9 މޭ 2020

މަސްމާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކާއި ބައްދަލުކޮއް މަސް ޑެލިވަރީ މަސައްކަތް ފަށާ ކުރިޔަށް ގެންދެވޭނޭ އިންތިޒާމާ ބެހޭގޮތުން ވާހަކަ ދެކެވުނެވެ.

8 މޭ 2020

ކޮންސްޓަރަކްޝަން ސައިތްތަކާއި ސައިޓް ތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އެކޮމޮޑޭޝަންތައް ޗެކްކުރެވުނެވެ.

8 މޭ 2020

މާލެސިޓީ މައިޒާންތަކާއި ޕާކުތަށް ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނެވެ.

7 މޭ 2020

ކާނުތަކަށް މަދިރިބޭސް އަޅާ މާލެތެރެ ފޮގް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނެވެ.

6 މޭ 2020

ކުރުމުއްދަތަށް ރައްރަށަށް ގޮސް މާލެ ލޮކްޑައުން ކުރުމާ ގުޅިގެން މާލެނާދެވި ތާށިވެފައި ތިބި މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރަން ފެށުނެވެ.

1 މޭ 2020

މަސައްކަތް ހުއްޓާ ލެވިފައިވާ އެކިއެކި ކޮންސްޓްރަކްޝަން ސައިތްތަކުގައި މަދިރި އުފެދޭގޮތަށް ހެދިފައިވާ ފެންގަނޑުތަކަށް ކްލޮރިން އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނެވެ.

30 އެޕްރީލް 2020

އެމް.އެން.ޑީ.އެފް އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނެވެ.

29 އެޕްރީލް 2020

މާލެއަށް އެކި ބޭނުންތަކުގައި އައިސް ރަށަށް ނުދެވި މާލޭގައި ލޮކްޑައުންވެފައިވާ ފަރާތްތަކަށް ހިރިޔާ ސްކޫލުގައި ނިދުމާއި ކެއުން ހަމަޖައްސައިދެވުނެވެ.

28 އެޕްރީލް 2020

ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޕްރިންޓްލެބްގެ ފަރާތުން ޖޫސް ޕެކެޓް ހަދިޔާކުރިއެވެ.

27 އެޕްރީލް 2020

އައި.ސީ.ޕީ ތަކުން ބޭސް ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުނެވެ.

24 އެޕްރީލް 2020

އާންމު ރައްޔިތުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަަކައި ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބަޔަށް ވަންނަ މީހުންގެ ހުންބެލުމުގެ މަސައްކަތް ފެށުން

23 އެޕްރީލް 2020

ވިލިމާލޭގެ އައި.ސީ.ޕީ ގައި ފޫންތަކަށް ޖަވާބުދާރީވާ ވޮލެންޓިއަރުން އެހެނިހެން ވޮލެންޓިއަރުންނާއި ވަކިން ސެޓަޕް ހެދިގެން ދިޔައެވެ.

21 އެޕްރީލް 2020

ކަންމަތީ ފިހާރްތަކަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެސް.ޓީ.އޯ މެދުވެރިކޮށް ހޯދައިދިނުމުގެ މަސައްކަތް ފެށުނެވެ.

21 އެޕްރީލް 2020

މާލޭގެ ފުރަބަންދު އިލާންކުރުމާގުޅިގެން ސިޓީ ކައުންސިލްގެ ޚިދުމަތްތައް މެދުކަނޑާލެވުނެވެ. ނަމަވެސް ގްރޭޓަރ މާލޭ ސަރަޙައްދުގެ ކަންތައްތަކުގައި އެހީތެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދެވުނެވެ.

15 އެޕްރީލް 2020

މާލޭގެ ފުރަބަންދު އިލާންކުރުމާގުޅިގެން ސިޓީ ކައުންސިލުން ހިންގާ ހުރިހާ މާރުކޭޓްތަކެއް ބަންދުކުރެވުނެވެ.

15 އެޕްރީލް 2020

ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއް ކޮވިޑް – 19 އާއި ގުޅިގެން ބާއްވައިފިއެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ފުރަތަމަ ޖަލްސާގައި މާލޭ ސިޓީގެ މޭޔަރ އާއި ޑެޕިއުޓީ މޭޔަރގެ އިތުރުން 9 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

14 އެޕްރީލް 2020

ކޮވިޑް – 19 އާއި ގުޅިގެން ރާއްޖޭގެ އުފެއްދުންތައް އިތުރުކުރުމަށް ދަތުރުވެރިންގެ މާރުކޭޓްގެ ޚިދުމަތް ފަށައިފި.

13 އޭޕްރިލް 2020

ކޮވިޑް – 19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން، މާލޭ ސީޓީގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފެށުން. މި މަސައްކަތުގެ ދަށުން މިއަދު 200 ބިދޭސީން ހުޅުމާލޭގައި އެޗް.ޑީ.ސީން ތައްޔާރުކޮށްފައިވާ މަރުކަޒަށް ބަދަލުކުރެވުނު. މި މަސައްކަތްކުރަނީ މާލޭ ސިޓީ ކައުންސިލާ، މޯލްޑިވްސް އިމިގްރޭޝަންއާއި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް އޮކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން

12 އޭޕްރިލް 2020

ކޮވިޑް – 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މާލޭ ސިޓީގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ކަންކަން ރަނގަޅުކުރުމާބެހޭ މަރުކަޒު ޢާއްމު ޚިދުމަތްކާބެހޭ ބައިގައި ޤާއިމްކުރެވުނު

12 އޭޕްރިލް 2020

ކޮވިޑް – 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މާލޭ ސިޓީގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމާބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއް

11 އޭޕްރިލް 2020

ކޯވިޑް 19 އާއި ގުޅިގެން އޮފީސްތައް ބަންދު ދުވަސްތަކުގެ ތެރެއިން އެޕްރީލް 13،14،އަދި 16 ވަނަ ދުވަހު ސިޓީ ކައުންސިލްގެ ފައިނޭންސް މެނޭޖްމެންޓް ސެކްޝަނާއި، އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހާއި، ޕްރޮކިއުމެންޓް ސެކްޝަންގެ މަސައްކަތް 12:30 – 10:00 އަށް ދޭގޮތަސް ހަމަޖެއްސުން. ބަޖެޓް ސެކްޝަންގެ ޚިދުމަތް އޮންނާނީ 12:00 – 10:00 ކަމުގައި ހަމަޖެއްސުން

11 އޭޕްރިލް 2020

ވިލިމާލޭގައި ހުރި ފަޅުތަންތަނުގެ މަޢުލޫމާތު ނެގުނު

07 އޭޕްރިލް 2020

ކޯވިޑް-19 އާއި ގުޅިގެން ވިލިމާލޭގެ ސިނާޢީ ސަރަހައްދު ސާފުކުރުމަށް ޓަކައި އެތަނުގެ ޕްލޮޓްތަކާއި ޙަވާލުވެ ތިއްބެވި ފަރާތްތަކަށް ޕްލޮޓްތަކުގެ ބޭރު ސާފުކުރުމަށް އެންގުމެއް އެންގުނު އަދި ޕްލޮޓްއިން ބޭރުގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް މުއްދަތަކާއި އެކު އެންގުނު

07 އޭޕްރިލް 2020

ކޯވިޑް 19 އާއި ގުޅިގެން،އިމްޖެންސީއެއްގައި މަސައްކަތްކުރުމުގެ ހާލަތަށް ތައްޔާރުވުމަށް މާލޭގެ ދަތުރުކުރާ ހުރިހާ ޓެކްސީ ތަކެއްގެ މަޢުލޫމާތު ޓެކްސީ ސެންޓަރ ތަކުން މައުލޫމާތުއެއްކޮށް ނިންމުން

06 އޭޕްރިލް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭ ސިޓީގައި ހުރި ފަޅުގެ ތަކާއި ކުނި ޖަމާކޮށްފައިވާ ތަންތަން ބަލައި ސަރވޭކުރުމުގެ މަސައްކަތް ނިންމުން

06 އޭޕްރިލް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭ ސިޓީގެ މަގުތަށް ފެންޖަހާދޮވެ ކްލޮރިންކުރުމުގެ މަސައްކަތް ނިންމުން

04 އޭޕްރިލް 2020

ޢާއްމު ޚިދުމަތާބެހޭ ބައިން ދޭ ޚިދުމަތްތައް ކޯވިޑް 19 އާއިގުޅިގެން އޮފީސްތައް ބަންދު ދުވަސްތަކުގައިވެސް ދޭ ގޮތަށް ހަމަޖެއްސުން. އެގޮތުން މަގު ބަންދުކޮށްގެން މަސައްކަތްކުރުން ހެނދުނު 09:00 ން މެންދުރުފަހު 15:00 އަށް، މަގު ބަންދުކުރުމުގެ ހުއްދައާއި މަގުމަތީ މަސައްކަތްކުރުމުގެ ހުއްދައާއި ބޯޑު ދޫކުރުމާއި ބަލައިގަތުމުގެ ތެރެއިން ހުންދަ ދޫކުރުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހު ހެންދުނު 08:00 އިން މެންދުރު 12:00 އަށް، ހުއްދަތަކަށް ބޯޑު ދޫކުރުން، މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ހެނދުނު 08:00 އިން މެންދުރރު 12:00 އަށް، ބޯޑު ބަލައިގަތުން ޖެހިގެން އަންނަ ދުވަހުގެ 08:00 އިން 12:00 އަށް.

01 އޭޕްރިލް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭ ދެކުނުފަރާތު ފަޅުމަތީމަގުގައި ތަރުތީބެއްނެތި ހިނގަމުންދާ ނީލަން މުދަލުގެ ވިޔަފާރީގައި ހިމެނޭ މަގުމަތީގައި ބަހައްޓާފައިވާ މުދާތަށް ނަގައި މަގު ސާފުކުރުމުގެ މަސައްކަތްކުރުން

01 އޭޕްރިލް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭ ސިޓީގައި ހުރި ފަޅުގެ ތަކާއި ކުނި ޖަމާކޮށްފައިވާ ތަންތަން ބަލައި ސަރވޭކުރުމުގެ މަސައްކަތްފެށުން

01 އޭޕްރިލް 2020

ޢާއްމު ޚިދުމަތާބެހޭ ބައިން ދޭ ޚިދުމަތްތައް ކޯވިޑް 19 އާއިގުޅިގެން އޮފީސްތައް ބަންދު ދުވަސްތަކުގައިވެސް ދޭ ގޮތަށް ހަމަޖެއްސުން. އެގޮތުން މަގު ބަންދުކޮށްގެން މަސައްކަތްކުރުން ހެނދުނު 09:00 ން މެންދުރުފަހު 15:00 އަށް، މަގު ބަންދުކުރުމުގެ ހުއްދައާއި މަގުމަތީ މަސައްކަތްކުރުމުގެ ހުއްދައާއި ބޯޑު ދޫކުރުމާއި ބަލައިގަތުމުގެ ތެރެއިން ހުންދަ ދޫކުރުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހު ހެންދުނު 08:00 އިން މެންދުރު 12:00 އަށް، ހުއްދަތަކަށް ބޯޑު ދޫކުރުން، މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ހެނދުނު 08:00 އިން މެންދުރރު 12:00 އަށް، ބޯޑު ބަލައިގަތުން ޖެހިގެން އަންނަ ދުވަހުގެ 08:00 އިން 12:00 އަށް.

01 އޭޕްރިލް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭ ސިޓީގެ މާރުކޭޓްތައް ހުޅުވާގަޑިތައް ހެނދުނު 06:00 ހަވީރު 16:00 އަށް ބަދަލުކުރުން

01 އޭޕްރިލް 2020

ކޯވިޑް 19 އާއި ގުޅިގެން އައި.ސީ.ޕީ ތަކުގައި ތިބޭ މުވައްޒަފުންނަށް ޓްރޭނިންގ ސެޝަންއެއް ބޭއްވުން

01 އޭޕްރިލް 2020

ކޯވިޑް 19 އާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަންގެ ޚިދުމަތް ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ދޭ ގޮތަށް ހަމަޖެއްސުން

30 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ބިދޭސީންގެ ރައްކާތެރިކަމާއި ގުޅޭގޮތުން ބިދޭސީން ދިރިއުޅޭ ތަންތަން ސާރވޭ ކުރުމުގެ މަސައްކަތް ނިންމުން

30 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ސިޓީ ކައުންސިލްގެ ވައިޓަލް ސެކްޝަންގެ ޚިދުމަތް ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު މެންދުރުފަހު 14:00 އިން ހަވީރު 16:00 އަށް ދޭ ގޮތަށް ހަމަޖެއްސުން

29 މާރިޗް 2020

އެމް.އެން.ޑީ.އެފް އާއި މާލޭ ސިޓީކައުންސިލްއިން ގްރޭޓަރ މާލެ އޭރިޔާ ޑިސްއިންފެކްޓްކުރުމުގެ ޕްރޮގްރާމްއާއި ގުޅިގެން ވިލިމާލޭގެ މަގުތައް ސާފުކޮށް ކްލޮރިނޭޓް ކުރުމުގެ މަސައްކަތް ނިންމުން

28 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން،އިމްޖެންސީއެއްގައި މަސައްކަތްކުރުމުގެ ހާލަތަށް ތައްޔާރުވުމަށް މާލޭގެ ދަތުރުކުރާ ހުރިހާ ޓެކްސީ ތަކެއްގެ މަޢުލޫމާތު ޓެކްސީ ސެންޓަރ ތަކުން ހޯދުމުގެ މަސައްކަތް ފެށުން

28 މާރިޗް 2020

ވިލިމާލޭގައި ޤާއިމްކުރެވުނު އައި.ސީ.ޕީ ގެ ކަންކަން ހަމަޖެއްސުމަށް އެން.އީ.އޯ.ސީގެ އިސް ބޭފުޅުންނާއި ރެޑް ކްރެސެންޓްގެ ބޭފުޅުން، މާލޭ ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރ، އެސް.ޖީ އަޙްމަދު ޝަރީފް އަދި މާލޭ ސިޓީގެ ބައެއް ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއް ބޭއްވުނު

27 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ޢާއްމު ޚިދުމަތްދޭ ބައިގެ ޚިދުމަތްދޭ ގަޑިތައް އަލުން ތަރުތީބުކުރުން

26 މާރިޗް 2020

އެމް.އެން.ޑީ.އެފް އާއި މާލޭ ސިޓީކައުންސިލްއިން ގްރޭޓަރ މާލެ އޭރިޔާ ޑިސްއިންފެކްޓްކުރުމުގެ ޕްރޮގްރާމްއާއި ގުޅިގެން ވިލިމާލޭގެ މަގުތައް ސާފުކޮށް ކްލޮރިނޭޓް ކުރުމުގެ މަސައްކަތްކުރުން

26 މާރިޗް 2020

ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކަށް އަޅާފައިވާ ކުނިތައް ނަގާ ސާފުކުރުން

24 މާރިޗް 2020

ދަރުބާރުގޭގެ ހުރިހާ މާލަންތައް ފޮގް ކުރުން

23 މާރިޗް 2020

ކޯވިޑް 19 އާއ ގުލީގެން ސާފުތާހިރުކަން ދެމެހެއްޓުމަށް ބާޒާރުމަތީ މަގުތައްމަތީ ކާބޯތަކެތި ވިއްކުން ހުއްޓުވައި ފިހާރަތަކުން ބޭރުގައި ބަހައްޓާފައިވާތަކެތި ނަގައި ބާޒާރުމަތި ސާފުކުރުން

23 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ޤާއިމްކުރާ އައި.ސީ.ޕީ ސެންޓަރުތަކުގައި މަސައްކަތްކުރާނެ މުވައްޒަފުން ކަނޑައަޅައި ސެންޓަރުތަކާބެހޭ އިދާރީ މަސައްކަތްތައް ނިންމައި ކުއްލި ހާލަތުގައި މަސައްކަތް ފެށޭވަރަށް ތައްޔާރުކުރުން

23 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭ ސިޓީގެ މަގުތަށް ފެންޖަހާދޮވެ ކްލޮރިންކުރުމުގެ މަސައްކަތް ފެށުން

23 މާރިޗް 2020

ކޯވިޑް 19 އާއިގުޅިގެން އެމްޑަބްލިޔުއެސްސީ އާއި ސިޓީ ކައުންސިލް ގުޅިގެން ބާޒާރުމަތީ މާރުކޭޓް ސަރަޙައްދުގައި އަތްދޮންނަ ތަށިތައް ބެހެއްޓުން

22 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލު ވުމެއް ބޭއްވުން

22 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ސަލްޓަން ޕާކްގައި އައި.ސީ.ޕީ ސެންޓަރެއް ޤާއިމްކުރުން

22 މާރިޗް 2020

ވިލިމާލޭގައި އައި.ސީ.ޕީ އެއް ހެދުމަށް ވިލިމާލޭގެ އިޖުތިމާޢީ މަރުކަޒުގައި މަސައްކަތްތަކެއްކޮށް، މިދުވަހުގެ 14:00 ގައި ކަމާއިގުޅުން ހުރި މުވައްސަސާތަކާއިއެކު ބައްދަލުވުމެއް ބޭއްވުނު

21 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ގާޑިޔާ ތަކުގައި ކެއިން ބުއިން ވަގުތީ ގޮތުން ހުއްޓާލުމަށް އެންގުން

21 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭގައި ހަދަންޖެހޭ އައި.ސީ.ޕީ. ސެންޓަރތައް ހެދުމަށް، ކަމަށް އެކަށީގެންވާ ލިބެން ހުރި ތަންތަން ބެލުމުގެ މަސައްކަތް އެމް.އެން.ޑީއެފް.އާއި ފުލުހުންނާ ގުޅިގެން މާލޭ ސިޓީކައުންސިލުން ކުރުން

21 މާރިޗް 2020

ކޯވިޑް-19 އާއި ގުޅިގެން ދަރުބާރު ގޭގައި ހެދި އެން.އީ.އޯ.ސީ ގައި މާލޭ ސިޓީކައުންސިލްގެ ފަރާތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އައި.ސީ.ޕީ ތަކެއް ހެދުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނު

20 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭގައި އައި.ސީ.ޕީ ސްޓޭޝަންތަކެއް ހެދުމަށްޓަކައި މަޝްވަރާ ކުރުމަށް ދަރުބާރުގޭގައި ބައްދަލުވުމެއް ބޭއްވުން

20 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ދަރުބާރުގޭގައި ކުރެވޭ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލްގެ ޑެސްކެއް ޤާއިމްކުރުން

20 މާރިޗް 2020

ކޯވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ވިލިމާލޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރުން

19 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ކޮންމެ ދުވަހަކު ފަތިހު މާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރުމުގެ މަސައްކަތް ތާވަލްކުރެވިގެން ކުރަންފެށުން

19 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ބިދޭސީންގެ ރައްކާތެރިކަމާއި ގުޅޭގޮތުން ބިދޭސީން ދިރިއުޅޭ ތަންތަން ސާރވޭ ކުރުމުގެ މަސައްކަތް ފެށުން

19 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ލޯކަލް މާރުކޭޓުގެ ގޮޅިތައް ސާފު ކުރުމުގެ މަސައްކަތް ނިންމުން

18 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭ ސީޓީގައި ކަށުނަމާދުކުރާނީ 3 މިސްކިތެއްގައިކަމަށް ހަމަޖެއްސުން. އެއީ ވިލިމާލޭ 1 މިސްކިތާއި، މާލޭގެ މަސްޖިދުއް ޠަޢާވުން އާއި ހުޅުމާލޭގެ މަސްޖިދު ޒައިދް ބިން ޘާބިތު އެވެ.

18 މާރިޗް 2020

ކޯވިޑް 19 އާއިގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މައްޔިތާ ބޭއްވުމުގެ ކަންތައްތައް ހަމަޖެއްސުމުގައި ގިނަވެގެން ބޭއްވޭނީ ކޮންމެ ނަމާދުވަގުތަކަށް ބަންގިގޮވާތާ 30 މިނިޓް ވަންދެން ކަމުގައި ހަމަޖެއްސުން. އަދި ނަމާދު ވަގުތުތަކާ ދިމާނުވާގޮތަށް ގެންނަ މައްޔިތުންވެސް ވީ އެންމެ އަވަހަކަށް ވަޅުލުމަށް ހަމަޖެއްސުން

18 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ލޯކަލް މާރުކޭޓުގެ ގޮޅިތައް ސާފު ކުރުމުގެ މަސައްކަތް ނިންމުން

18 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭ ސިޓީގެ ސަހަރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޖަމާޢަތްތެރިން އޮންކޯލުގައި ގޭގައި ތިބޭގޮތަށް ހަމަޖެއްސުން

18 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން އެކި މަރުހަލާގައި މާލޭ ސިޓީކައުންސިލްގެ މަސައްކަތްތައްކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ތައްޔާރުކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުން

18 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭ ސިޓީގެ މިސްކިތްތަކުގެ ފާޚާނާތަށް ބަންދުކުރުން

18 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން، ރާއްޖޭގައި އުފައްދާ ބާވަތްތަކަށް ހިތްވަރު ދިނުމަށް ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަށް ދޫކުރުން އަވަސްކުރުމަށް ، ގޮޅިތަކުގެ ގުރުއަތުލުން މީހުން ތޮއްނުޖެހޭނެ އިންތިޒާމެއްގެ ދަށުން ބޭއްވުން

17 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ސަރުކާރު ބަންދުކުރުމަށް ހަމަޖެއްސެވުމާ ގުޅިގެން 19 މާރިޗް 2020 އިން 26 މާރިޗް 2020 އަށް ފައްތިޔާއާއި ފަޅު ހުއްދައަށް ދައްކަންޖެހޭ ފައިސާ ޖުރުމަނާ ނުވާގޮތަށް ހަމަޖެއްސުން

17 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ސަރުކާރު ބަންދުކުރުމަށް ހަމަޖެއްސެވުމާ ގުޅިގެން ޢާއްމު ޚިދުމަތްތަކާބެހޭ ބައިން ދެމުން ގެންދިޔަ ޚިދުމަތްތައް ހުއްޓާލުން

17 މާރިޗް 2020

ފުރަބަންދު ޙާލަތުގައި ތަކެތި ފޯރުކޮށްދޭނެ ފިހާރަތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްނިންމުން

17 މާރިޗް 2020

ސެކްޝަންގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ތެރޭގައި ހިތުގެ ބަލި، ފުއްޕާމޭގެ ބަލި އަދި ކެންސަރު ބަލި ހުރި މުވައްޒަފުންނާއި އުމުރުން 55 އަހަރުން ދޮށީ މުވައްޒަފުންނާއި، ހަކުރުބަލި އަދި ލޭމައްޗަށްދާ ބަލި ހުރި މުވައްޒަފުންގެ ލިސްޓްތަށް ނަގައި ތައްޔާރުކުރުން

16 މާރިޗް 2020

ވިލިމާލޭގެ މާރުކޭޓު ސާފުކުރުމުގެ މަސައްކަތް ގޮޅިތަކުގައި ތިބި މީހުން އަދި ކައުންސިލް މުވައްޒުފުން ގުޅިގެން ކުރިއަށް ގެންދެވުނު

16 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން އެކި މަރުހަލާގައި ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ޕްލޭން ހަދައި ވެރިންނާ މަޝްވަރާކުރުމުގެ ބައްދަލުވުން ބޭއްވުން

16 މާރިޗް 2020

ފުރަބަންދު ޙާލަތުގައި ތަކެތި ފޯރުކޮށްދޭނެ ފިހާރަތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްފެށުން

15 މާރިޗް 2020

ވިލިމާލޭގެ ފިހާރަތަކުގެ މަޢުލޫމާތު އެއްކުރުން

14 މާރިޗް 2020

ނެޝަނަލް ޓާސްކް ފޯސް އަށް މަސްވެރިންގެ ޕާކު ދޫކުރުން

14 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ލޯކަލް މާރުކޭޓުގެ ގޮޅިތައް ސާފު ކުރުމުގެ މަސައްކަތް ފެށުން

14 މާރިޗް 2020

ކޮވިޑް 19 އާއި ގުޅިގެން މާލެސީޓީގެ ހުރިހާ ޕާކުތަކާއި މައިޒާންތަށް ބަންދުކުރުން

13 މާރިޗް 2020

ކޯވިޑް 19 އާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހުރިހާ ސެކްޝަންތަކުގެ ވެރިންނާ ބައްދަލުކުރުން

13 މާރިޗް 2020

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ވިލިމާލޭ ސެކްޝަންގައި މަސައްކަތްކުރާ ބިދޭސީންނަށް ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި އަތް ދޮވުމުގެ މުހިއްމުކަމާއި އަމިއްލަ ސާފުތާހިރުކަން ބަހައްޓަންވީ ގޮތާއިބެހޭގޮތުން ހޭލުންތެރިކުރުމުގެ ބައްދަލުވުމެއް ބޭއްވުނު

12 މާރިޗް 2020

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭ ސިޓީކައުންސިލްއިން ފެށި ހޭލުންތެރިކުރުމުގެ ކެމްޕެއިންއާއި ގުޅުވައި ވިލިމާލޭގެ އާއްމު ރައްޔިތުންނާއި ބިދޭސީންނަށް ފެންނާނެހެން ފިހާރަ، ހޮޓާ އަދި ރެސްޓޯރެންޓް ތަކުގެ ބޭރުގައި ޕޯސްޓަރު ހިއްޕުމުގެ މަސައްކަތްކުރުން

12 މާރިޗް 2020

މާލޭސިޓީގައި ހުރި މިސްކިތްތަކުގެތެރެއިން މުށިޖަހާފައިވާ މިސްކިތްތަކުގެ ކާޕެޓްތައް ނެގުމުގެ މަސައްކަތް ކުރުން

12 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭގައި ހުރި އާއްމުން ވަދެއުޅޭ ތަންތަނާއި ކެފޭ، ރެސްޓޯރަންޓް، އިމާރާތްކުރާ ތަންތަން، ފިހާރަ އަދި ބިދޭސީން ދިރިއުޅޭތަންތަނުގައި ދިވެހި ބަހުންނާއި ބަންގްލަދޭޝް ބަހުން ލިޔެފައިވާ ޕޯސްޓަރ ތަށް ހަރުކުރުމުގެ މަސައްކަތް ކުރުން

12 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން ހޭލުންތެރިކުރުމަށް ބޭނުންވާ ޕޯސްޓަރތައް ޕްރިންޓްކުރުން

11 މާރިޗް 2020

އާއްމު ޚިދުމަތްތަކާބެހޭ ބައިގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނާ ކޯވިޑް 19 އާއި ގުޅިގެން ސާފުތާހިރު ވުމާ ގުޅޭގޮތުން ޑިރެކްޓަރ އަލްފާޟިލާ ޝަމްހޫޒާ އަޙްމަދު މައުލޫމާތު ދިނުމަށް ބައްދަލުވުމެއް ބޭއްވުން

11 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭ ސިޓީކައުންސިލުން އަޅާނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އަދި ކުރާނެ މަސައްކަތްތައް ސެކްޝަންތަކަށް އެންގުން

11 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން މާކޭގެ މިސްކިތްތަކާއު އިސްކުރުބައިރިއާއި ފާޚާނާތަށް ކޮންމެ ނަމާދުވަގުތަކަށް ކްލޮރިންޖަހައިގެން ދޮވެ ސާފުކުރުމަށް މިސްކިތްތައް ސާފުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކުރުން

11 މާރިޗް 2020

10 މާރިޗް 2020 ކޮވިޑް 19 އާއި ގުޅިގެން މާލޭ ސިޓީގެ ޢާއްމު ފާޚާނާބަރިތައްކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ޚިދުމަތް ޙަވާލުކުރެވިފައިވާ ފަރާތަށް އެންގުން

10 މާރިޗް 2020

މާލޭސިޓީގައި ފެއަރ، ނައިޓް މާކެޓް ބޭއްވުން ކޯވިޑް 19 އާއި ގުޅިގެން ވަކި ތާރީޚެއްނެތި ފަސްކުރުން. އަދި ޕާކްތަކާއި އެހެންވެސް މީހުން އެއްވެ އުޅޭ ހަރަކާތްތައް މިދުވަސްވަރު މާލޭ ސިޓީގައި ނުބޭއްވުމަށް އެންގުން.

10 މާރިޗް 2020

ޖަމާތްތެރިން އަދި ވަޅުކޮންނަ މީހުންނަށް އެޗް.ޕީ.އޭ އިން މައުލޫމާތު ސެޝަންއެއް ކުރިއަށް ގެންދިޔުން

10 މާރިޗް 2020

ކޯވިޑް 19 އާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހުރިހާ ސެކްޝަންތަކުގެ ވެރިންނާ ބައްދަލުކުރުން

10 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން މާލޭ ސިޓީގެ މިސްކިތްތަކުގެ ޙާލަތުބެލުން

09 މާރޗް 2020

ސިޓީ ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ހެލްތެ މިނިސްޓްރީ އަދި އެޗް.ޕީ.އޭ ގެ ފަރާތުން ކޯވިޑް 19 އާއި ގުޅޭ މަޢުލޫމާތު ސެޝަންއެއް ބޭއްވުން

05 މާރިޗް 2020

މާލޭ ފަޅުތެރެ ސާފުކުރުން

04 މާރިޗް 2020

ކޯވިޑް 19 އާއި ގުޅިގެން މަޝްވަރާ ކުރުމަށް ހުރިހާ ސެކްޝަންތަކުގެ ވެރިންނާ މޭޔަރ ބައްދަލުކުރުން

04 މާރިޗް 2020

ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީ   މުވައްޒަފުންނަށް ރެޑްކޮރޮސެންޓް އަދި މިނިސްޓްރީ އޮފް ހެލްތް އިން  ކޯވިޑް 19 އާއި ގުޅޭ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންދިޔުން

04 ފެބްރުއަރީ 2020

ޚަބަރު

ޕާކިންގ ޖާގަތަކަށް އެދޭ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

1 ހަފްތާ ކުރިން

މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިންގް ޖާގަތަކަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ. މިކަން ޢާއްމުކޮށް ސިޓީ ކައުންސިލުން ކުރިއިތުރަށް ވިދާޅުވުމަށް »

މާރުކޭޓް ގޮޅިތަކަށް އެދޭ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

1 ހަފްތާ ކުރިން

މާލޭ ސިޓީ ކައުންސިލުން ހިންގާ ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ. މިކަން ޢާއްމުކޮށް ސިޓީއިތުރަށް ވިދާޅުވުމަށް »

” އަތަމަނަ” ގެ ނަމުގައި ހަފުތާ ނުހެއް ނެރުމަށް ކައުންސިލުން ނިންމައިފި

1 ހަފްތާ ކުރިން

” އަތަމަނަ ” ގެ ނަމުގައި ހަފުތާ ނޫހެއް ނެރުމަށް ކައުންސިލުން ނިންމައިފިއެވެ. މިކަން ނިންމާފައިވަނީ 15 ޖުލައި 2021އިތުރަށް ވިދާޅުވުމަށް »

އިޢްލާން