ބޮޑު އިދު ދުވަހު ހަވީރު ފައިމަގުގައި ހިނގާފައި އުޅޭގޮތަށް ހަމަޖައްސައިފި

ބޮޑު އިދު ދުވަހު ހަވީރު ފައިމަގުގައި ހިނގާފައި އުޅޭގޮތަށް ހަމަޖައްސައިފި

1 ހަފްތާ ކުރިން

މިއަހަރުގެ ބޮޑު އީދު ދުވަހު ހަވީރު މާލޭ ސިޓީގެ މަގުތަކުގައި ފައިމަގުގައި ހިނގާފައި އުޅޭގޮތަށް ހަމަޖައްސައިފިއެވެ. މާލޭ ސިޓީ ކައުންސިލުން މިކަން ހަމަޖެއްސީ ސިޓީ ކައުންސިލުން މިކަމާބެހޭގޮތުން ޢާއްމުނަނަށް ހުޅުވާލި ޕޯލެއްގެ ނަތީޖާއިން 57 އިންސައްތައަށޤވުރެ މަތިން މިކަމަށް ފެންނަކަމަށް ނަތީޖާއިން ދެއްކުމުން ކައުންސިލްގެ ޖަލްސާއިން ފާސްކޮށްގެންނެވެ.

14 ޖުލައި 2021 ވަނަދުވހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 11 ވަނަ ޢާއްމު ޖަލްސާގައި ނިމާފައިވަނީ ބޮޑު ޢީދު ދުވަސްކަމުގައިވާ ޛުލްހިއްޖާމަހުގެ 10 ވަނަ ދުވަސް، ޖުލައި 20 ވަނަ ދުވަހު ހަވީރު 4:00 ފެށިގެން ރޭގަނޑު 8:00 އަށް މާލޭ ސިޓީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާފައިއުޅޭ ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ޒަރޫރީ ބޭނުމަށްނޫނީ އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށެވެ.

މި ނިންމުމާއެކު މާލޭ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައިވާގޮތުން ޚާއްޞަ އުޅަނދުތަކަށް ޢާއްމު ޚިދުމަތްތަކާ ބެހޭ ބައިން ލިބޭނެއެވެ. ޚާއް ކަންކަމުގެ އުޅަނދުތަކުގެ ގޮތުގައި ގިންތިކޮށްފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލާންސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞާކުރެވިފައިވާ ސައިކަލު، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޚިދުމަތް، އެ ދުވަހު އެ ގަދީގައި ދުއްވުމަށް ހުއްދަދޭ އެހެނިހެން އުޅަނދުތަކެވެ.