ކޯވިޑް-19 އާއި ގުޅިގެން ޚިދުމަތް ފަސޭހަ ކުރުމަށް ރެވެނިޔު ސްޓޭމްޕް ލިބޭނެގޮތް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި

ކޯވިޑް-19 އާއި ގުޅިގެން ޚިދުމަތް ފަސޭހަ ކުރުމަށް ރެވެނިޔު ސްޓޭމްޕް ލިބޭނެގޮތް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި

7 މަސް ކުރިން

ކޮވިޑް – 19 އާއި ގުޅިގެން ޚިދުމަތް ފަސޭހަ ކުރުމަށް ރެވެނިޔު ސްޓޭމްޕް ލިބޭނެގޮތް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިގޮތަށް ހަމަޖެއްސީ އުފަންވުން ރަޖިސްޓްރީކުރުމާ، ރަށްވެހިވުމާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ރެވެނިޔު ސްޓޭމްޕް ލިބުމުގެ ދަތި ކަން ދިމާވެފައިވާތީއެވެ.
ކޮވިޑް – 19 އާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން ހަވީރު 16:00 އަށް މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރަޖިސްޓްރޭޝަން ސެކްޝަނުން އުފަންވުން ރަޖިސްޓްރީކުރުމާ ރަށްވެހިވުމާ ބެހޭ ޚިދުމަތް ދެމުން ގެންދާނެއެވެ. އަދި މި ގަޑިތަކުގައި އެ ސެކްޝަނުން، މި ޚިދުމަތްތަކަށް ބޭނުންވާ ސްޓޭމްޕްވެސް ލިބޭނެއެވެ.

މިކަން ހަމަޖައްސާފައިވަނީ 30 މާރިޗް 2020 ވަނަ ދުވަހުން ފެށިގެންނެވެ.