އިންޑިއާ ސަރުކާރުން މާލޭ ސިޓީ ކައުންސިލް އަށް ހަދިޔާކުރި ވެހިކަލް ހަވާލުކުރައްވައިފި.

އިންޑިއާ ސަރުކާރުން މާލޭ ސިޓީ ކައުންސިލް އަށް ހަދިޔާކުރި ވެހިކަލް ހަވާލުކުރައްވައިފި.

1 އަހަރު ކުރިން

އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭ ސިޓީ ކައުންސިލަށް ހަދިޔާކުރި  ވެހިކަލްތަށް މާލޭ ސިޓީ ކައުންސިލާއި ޙަވާލުކުރައްވައިފިއެވެ.

ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާބެހޭ ބައިގައި 12 ފެބްރުއަރީ 2020 ވަނަ ދުވަހު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ވެހިކަލްތައް މާލޭ ސިޓީ ކައުންސިލާއި ހަވާލުކުރެއްވީ އިންޑިއިން ހައިކޮމިޝަނަރ ސަންޖޭ ސުދީރު އެވެ. ވެހިކަލްތަކާއި ހަވާލުވެވަޑައިގަތީ މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދު ވިދާޅުވީ މި ކައުންސިލް އަދި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ރަނގަޅު ގުޅުމެއް ޤާއިމް ކުރެވިފައިވާ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލަކީ ކައުންސިލްގެ ބާރުތައް ނެގިފަހުން މިހާތަނަށް ބާރުތައް ލިބުނު ކަމުގައި ވިޔަސް މަސައްކަތައް ބޭނުންވާ ވަސީލަތެއް ނެތި މަސައްކަތް ކުރަމުން އައި ކައުންސިލް އެއް ކަމަށެވެ. އަދި މޭޔަރ ގެ އުއްމީދަކީ ދިވެހި ރާއްޖޭގެ ހުރިހާ ކައުންސިލް ތަކަށް ވެސް މިގޮތަށް ޤައުމު ތަކުގެ ހިލޭ އެހީ ގެ ދަށުން މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަށް ލިބިގެންދާނެ ގޮތް ހަމަޖެހިގެން ދިޔުމެވެ.

އިންޑިއަން ހައިކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖޭގެ ކަންކަމުގައި އެހީތެރިވެ ދިނުމަކީ ބޭނުންފުޅުވާ އަދި ޝައުޤުވެރިވާކަމެއްކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަން ލިބެމުންދާނެ ކަމަށެވެ.

ގުޅިގެން ހެދި ހުޅުމާލެއަށް ދަތުރުކުރާ ބަސް ޤަވާއިދުން މިތަނަށް މަޑުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ހެދި ގޮނޑުދޮށް ކައިރިއަށްވެސް މަޑުކުރާނެއެވެ.

މި ރަސްމިއްޔާތުގައި އެމް.ޕީ.އެލް ގެ އިސްވެރިންނާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.