އޮންލައިން 4 ޚިދުމަތަކާއެކު މާލޭ ސިޓީ ކައުންސިލްގެ އައު ވެބްސައިޓް އިފްތިތާޙްކޮއްފި

އޮންލައިން 4 ޚިދުމަތަކާއެކު މާލޭ ސިޓީ ކައުންސިލްގެ އައު ވެބްސައިޓް އިފްތިތާޙްކޮއްފި

4 ހަފްތާ ކުރިން

އޮންލައިން 4 ޚިދުމަތަކާއެކު މާލޭ ސިޓީ ކައުންސިލްގެ އައު ވެބްސައިޓް އިފްތިތާޙްކޮއްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ވެބްސައިޓް އިފްތިތާޙްކޮއްދެއްވީ މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދެވެ. މާލޭ ސިޓީ ކައުންސިލްގެ އައު ވެބްސައިޓާއެކު އޮންލައިންކުރެވުނު 4 ޚިދުމަތަކީ މަގުމަތީގައި މަސައްކަތްކުރުމުގެ ހުއްދައަށް އެދުމާއި، މަގު ބަންދުކުރުމުގެ ހުއްދައަށް އެދުމާއި، ފައްތިޔާ އަދި ފަޅު ހުއްދައަށް އެދުމާއި، މައިޒާންތަކާ ޕާކްތަކާ ބީޗް ފަދަ ތަންތަން ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމެވެ.

މާލޭގެ މަގުތަށް ރަގަޅުފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިމަހުގެ 26 ވަނަ ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި މޭޔަރ ޞިފާ ވިދާޅުވިފަދައިން މާލޭގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ ” މާލޭ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް ” ގެ މަޢުލޫމާތު މި ވެބްސައިޓްގައި ހިމެނިފައިވާނެއެވެ. މި މަޝްރޫޢުއަކީ ރާއްޖޭގެ ކައުންސިލަކުން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުއެވެ. މުޅި މަޝްރޫޢުއަށް 462 މިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް އަންދާޒާކުރެވެއެވެ. މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި ކުރިއަށް އޮތް ތާންގައި ސިޓީ ކައުންސިލްގެ އިތުރު ޚިދުމަތްތައް އޮންލައިކުރެވި ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރަމުން ގެންދެވޭނެއެވެ.