މާލޭގެ އެކި ސަރަޙައްދުގައިވާ ގުދަންތަކާ ވޯކްޝޮޕްތަކާ އަދި ގަރާޖްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ސަރުކާރަށް ހުށަހެޅުމަށް ނިންމައިފި

މާލޭގެ އެކި ސަރަޙައްދުގައިވާ ގުދަންތަކާ ވޯކްޝޮޕްތަކާ އަދި ގަރާޖްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ސަރުކާރަށް ހުށަހެޅުމަށް ނިންމައިފި

2 ހަފްތާ ކުރިން

މާލޭގެ އެކި ސަރަޙައްދުގައިވާ ގުދަންތަކާ ވޯކްޝޮޕްތަކާ އަދި ގަރާޖްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ސަރުކާރަށް ހުށަހެޅުމަށް ނިންމައިފިއެވެ. މިކަން ނިންމީ މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 2 ވަނަ ރަސްމީ ޢާއްމު ޖަލްސާއިންނެވެ.

މި ނިންމުމުގައިވާގޮތުން މި ގޮތަށް އިންޑާސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށްޓަކައި ކަމާބެހޭ ސަރވޭއެއް ހަދައި ބަދަލުވާނެ ވަކިތާވަލެއް އެކުލަވާލުން ހިމެނެއެވެ. ހާލަތު ދެނެގަތުމުގައި ސިޓީ ކައުންސިލްގެ މުވައްޒަފުން ގޮސްގެން ޙާލަތުތައް ދެނެގަތުން ހިނެނެއެވެ. މީގެ އިތުރުން ސިޓީ ކައުންސިލުން މިކަމަށް ހުޅުވާ ޕޯޓަލް މެދުވެރިކޮށްވެސް މިފަދަ ތަންތަނުގެ މައުލޫމާތު ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މި ނިންމުމުގައިވާގޮތުން އިންޓްރިއަލް ވިލެޖް ސާފުކޮށް، އެތަނުގެ މަގުތަށް ޕާކިންގް އަށް ކުއްޔަށް ދޫކުރުންވެސް ހިމެނެއެވެ. ހަމައެއާއެކު އެތަނުން ޖާގަދޭނެ އުސޫލެއް ކަނޑައަޅައި ސާރވޭ ނިންމައި ސަރުކާރަށް ހުށަހެޅުން ހިމެނެއެވެ.