މާލޭގެ މާރުކޭޓްތަކުން ދެވޭ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާލޭގެ މާރުކޭޓްތަކުން ދެވޭ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

1 މަސް ކުރިން

މާލޭގެ މާރުކޭޓް ތަކުންދެވޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށާއިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ މި މަސައްކަތް ކުރުމަށްޓަކައި މަސް މާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓްގައި ކުރަންހުރި ކަންކަން ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ދަށުން މަސް މާރުކޭޓްގެ ހިންގުން ހަރުދަނާކޮށް، ސާފުތާހިރުކަން އިތުރުކޮށް ހަމަހަމަ ކަމާއެކު ތަން ބޭނުންކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން މަސް މާރުކޭޓްގެ ހިންގުން ސިޓީ ކައުންސިލްގެ ސީދާ ބެލުމުގެދަށަށް ބަދަލުކުރުން ހިމެނެއެވެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރުތައް މިހާރުދަނީ ވަމުންނެވެ. މީގެ އިތުރުން މަސް ކެނޑުމުގެ ކަންކަމުގައާއި އަދި ފަޅުތެރެއިން މަސްވެރިން ބޭނުންކުރާ ފެނަކީ ސާފުތާހިރު ފެންކަމުގައި ކަށަވަރުކުރުމަށް ގަވައިދުން ފެން ތަހުލީލްކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ފެށިފައެވެ.

ދަތުރުވެރިންގެ މާރުކޭޓްގެ ބައެއް ބަދަލުތަކުގެތެރޭގައި ތަނުގައި ފާކާއެއް ނެތުމގެ ސަބަބުން މާރުކޭޓް ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާނީ ތަނުގައި 4 ފާޚާނާ ހެދުމުގެ މަސައްކަތް މިހާރުވަނީ ނިމުމަކަށް އައިސްފައެވެ. މީގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓައި ލޯކަލް މާރުކޭޓްގައި ހިމެނޭ ގޮޅިތަށް ހިފައިގެން ތިބި ފަރާތްތަކުން ކުލި ނެގުމުގައި ހަމަހަމަ އުސޫލެއް ހމަޖެއްސުމަށް އެދިފައިވާނީ އެކަންޝަން ޕްލޭންގައި ހިމެނިފައވާ ގޮތުގެ މަތިން އިންސާފުވެރިކަމާއެކު ކުލި ނެގުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިހާރުވާނީ ގޮޅިތަށް ހިފައިގެން އުޅެ ފަރާތްތަކަށް އެކަން އެންގިފައެވެ.

މާރުކެޓްތަކަށް ގެނެވޭ ބޮޑު ބަދަލެއްގެ ގޮތުން އައު މާރުކޭޓްތައް ބިނާކުރުމުގެ މަސައްކަތްކުރިއަށް ރޭވިފައި ވިއަސް މިހާރުން މިހާރަށް ޚިދުމަތް ދިނުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކައި ތަން ބޭނުންކުރާ ފަރާތްތަކުން އެދޭ ކަންތައްތައް މިހާރުން މިހާރަށް ހައްލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.