މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ އަލްޓިންޑަގް ސިޓީގެ މޭޔަރއާއި ބައްދަލުކުރައްވައިފި.

މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ އަލްޓިންޑަގް ސިޓީގެ މޭޔަރއާއި ބައްދަލުކުރައްވައިފި.

1 މަސް ކުރިން

މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު، ތުރުކީވިލާތަށް ކުރައްވާ ކައުންސިލްގެ ރަސްމީ ދަތުރުފުޅުގައި ތުރުކީވިލާތުގެ ވެރިކަންކުރާ ސިޓީ އަލްޓިންޑަގް މުނިސިޕަލްޓީގެ މޭޔަރ ޑރ.އާސިމް ބަލްސީ އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެފަރާތް ގުޅިގެން އެއްބާރުލުން ދެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކުރެވުނެވެ.ދެފަރާތުން ތަޖުރިބާ ހިއްސާކުރުމާއި ޓެކްނިކަލް އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ކައުންސިލްތައް ހިންގުމުގައި ދެފަރާތަށް ދިމާވެފައިވާ މައްސަލަތަކާ އޭގެ ހައްލާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ތުރުކީވިލާތުގެ ކައުންސިލްތަކާ ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާ އަދި މާލޭ ސިޓީގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރައްވާ މި ދަތުރުފުޅަށް ފުރާވަޑައިގެންނެވީ މިމަހުގެ 10 ވަނަދުވަހުގެރޭގައެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ރާއްޖޭގެ ކައުންސިލްތަކާއެކު ގުޅުންބަދަހިކުރުމުގެ ބައްދަލުވުންތައްވެސް ބާއްވަން ފަށާފައެވެ. އެގޮތުން މާލެ އަތޮޅު ކައުންސިލާ އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.