މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖްލިސްގެ ރާއްޖޭގުޅުމާބެހޭ ބައިގެ ވެރިޔާއާއި ބައްދަލުކުރައްވައިފި

މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖްލިސްގެ ރާއްޖޭގުޅުމާބެހޭ ބައިގެ ވެރިޔާއާއި ބައްދަލުކުރައްވައިފި

1 މަސް ކުރިން

މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު، ތުރުކީވިލާތަށް ކުރައްވާ ކައުންސިލްގެ ރަސްމީ ދަތުރުފުޅުގައި ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖްލިސްގެ ދިވެހިރާއްޖޭގެ ގުޅުމާބެހޭ ބައިގެ ވެރިޔާ މަޖްލިސްމެމްބަރ އިއްފަތު ޕޮލާޓްއާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މި ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ހަވީރު ތުރުކީގެ އިސްތަމްބޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެފަރާތް ގުޅިގެން އެއްބާރުން ދެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކުރެވުނެވެ. ދެފަރާތުން ތަޖުރިބާ ހިއްސާކުރުމާއި ޓެކްނިކަލް އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ތުރުކީވިލާތުގެ ކައުންސިލްތަކާ ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާ އަދި މާލޭ ސިޓީގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރައްވާ މި ދަތުރުފުޅަށް ފުރާވަޑައިގެންނެވީ މިމަހުގެ 10 ވަނަދުވަހުގެރޭގައެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ރާއްޖޭގެ ކައުންސިލްތަކާއެކު ގުޅުންބަދަހިކުރުމުގެ ބައްދަލުވުންތައްވެސް ބާއްވަން ފަށާފައެވެ. އެގޮތުން މާލެ އަތޮޅު ކައުންސިލާ އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.