މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލޭ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ. 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ އިސްކަންދަރު ހޯލްގައި ބޭއްވުނު މި ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދު ރައްޔިތުންނާއި މުޚާތަބް ކުރައްވިއެވެ. މޭޔަރ ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ކަންތަށްތަށް މިހާތަނަށް އޮތީ ވަރަށް ދަތިކޮށް ކަމަށާއި ނަމަވެސް އެއީ ލިބެންޖެހޭ ހައްޤެއް ކަމަށެވެ.
މި ހައްޤު ހޯދައިދިނުމަށް މިހާރު ސަރުކާރާއެކީގައި މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ. މިބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލް 2019 ވަނަ އަހަރު ހިނގާދިޔަ ގޮތުގެ ރިޕޯޓް ، އަދި ބަޖެޓް ރައްޔިތުންނާއި ހިއްސާކުރެވުނެވެ. އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި ސުވާލުތަކަށް ފުރުސަތު ދެވުނެވެ. މި ބައްދަލުވުމުގައި 200 އެއްހާ މީހުން ބައިވެރިވިއެވެ.