މާލޭ ސިޓީ ކައުންސިލްގެ ހިންގާ ގަވައިދު ބަދަލުތަކަކާއެކު އަލުން ފާސްކޮއްފި

މާލޭ ސިޓީ ކައުންސިލްގެ ހިންގާ ގަވައިދު ބަދަލުތަކަކާއެކު އަލުން ފާސްކޮއްފި

1 މަސް ކުރިން

މާލޭ ސިޓީ ކައުންސިލްގެ ހިންގާ ގަވައިދު ބަދަލުތަކަކާއެކު އަލުން ފާސްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރި މި ގަވައިދަށް ގެނައި އިސްލާހްތަކުގެތެރޭގައި ކައުންސިލުން ސިއްރު ޖަލްސާއެއް ކަމަށް ކަނޑަނާޅާ ޖަލްސާތަކަށް ކައުންސިލުން އެކަމަށް ކަނޑައަޅާ އުސޫލެއްގެ ދަށުން، ޖާގަ ހުރި މިންވަރަކުން ޢާއްމުންނަށް ވަދެވޭނެގޮތް ހަމަޖެއްސުމާއި، ކައުންސިލްގެ ޖަލްސާތަށް ޢާއްމުންނަށް ފެންނާނެހެން ލައިވްކުރުމާއި، މަސްލަހަތު ފުށުއެރުން އިތުރަށް ތަފްޞީލްކުރުމާއި، މާލީ ބަޔާން ހުށަހެޅުމުގެ ކަންތައް 60 ދުވަސްތެރޭގައި ނިންމުމަށް ގަވައިދުގައި ހިމެނުމާއި، މާލީ ބަޔާން ވެބްސައިޓްގައި ޢާއްމުކުރުން ހިމެނެއެވެ.

މީގެ އިތުރުން ޖަލްސާގެ ވަގުތު ކަނޑައެޅުމާއި، އެޖެންޑާކުރުމާއި ، ކައުންސިލްގެ ކޮމިޓީތަކުގެ ކަންތައްތަކާއި ޖުމްލަކޮށް ކައުންސިލް ހިންގުމާބެހޭ އެންމެހާ އިޖްރާޢަތުތައް މި ގަވައިދުގައި ހިމެނިފައިވެއެވެ.