ގެދޮރުވެރިކަމުގެތެރެއިން ބޯހިޔާވަހިކަން ލިބުނު ފަރާތްތައް ދަފުތަރުން އުނިކުރުމަށާ، މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް ނިންމައިފި

ގެދޮރުވެރިކަމުގެތެރެއިން ބޯހިޔާވަހިކަން ލިބުނު ފަރާތްތައް ދަފުތަރުން އުނިކުރުމަށާ، މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް ނިންމައިފި

2 ހަފްތާ ކުރިން

ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކުގެތެރެއިން ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތައް ދަފުތަރުން އުނިކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ޖުލައިމަހުގެ 7 ވަނަ ދުވަހު ބޭއްވުނު، މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 10 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ 16 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ނިމްމުގައިވަނީ މިގޮތަށް އުނިކުރުމައްޓަކައިކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ދަފުތަރުގހައި ޖެހިފައިވާ ފަރާތްތަކުގެތެރެއިން ބޯހިޔާވަހިކަން ލިބުނު ފަރާތްތައް ދެނެގަނެ އެފަރާތްތައް ދަފުތަރުން އުނިކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތާންގައި ކުރިއަށް ގެންދިއުމަށް ވަނީހަމަޖެހިފައެވެ.

މި ޖަލްސާގައި ނިންމެވި މުހިއް އަނެއް ނިންމުމުގައިވާގޮތުން މައިމުޅަވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި މަސައްކަތްކުރުން ހިމެނެއެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން މާލޭ ސިޓީގެ ރައްޔިތުންގެތެރެއިން މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް ކައުންސިލްގެ މިޖަލްސާގެ އިއްތިފާގުންވަނީ ފާސްކޮށްފައެވެ.

މައިމުޅަވުމަކީ އަންހެން ދަރީގެ ދަރީންނަށް ވާރުތަމުދަލުން ނުލިބޭ ޙާލަތް ދިމާވުމެވެ. މިގޮތަށް ދިމާވަނީ މައިންބަފައިން ދުނިޔޭގައި ތިއްބައި އަންހެންދަރި ނިޔާވުމުންނެވެ.