ގޭގެއަށް ގޮސްގެން ކުނި ނަގާގޮތައް ހަމަޖައްސަވާނެކަމަށް މޭޔަރ ވިދާޅުވެއްޖެ

ގޭގެއަށް ގޮސްގެން ކުނި ނަގާގޮތައް ހަމަޖައްސަވާނެކަމަށް މޭޔަރ ވިދާޅުވެއްޖެ

1 މަސް ކުރިން

ކުރިންވެސް މާލޭ ސިޓީގައި ކުނި ނަގަމުން އައިގޮތަށް، ގޭގެއިން ކުނި ނަގާގޮތަށް ހަމަޖައްސަވަން ހުށަހަޅުއްވާނެކަމަށް  މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ވެމްކޯއާއެކު ބައްދަލުވުމެއް ބޭއްވިފައިވާކަން ހާމަކުރައްވައި މޭޔަރ ވިދާޅުވީ މިއަދުގެ ކައުންސިލް ބައްދަލުވުމުގައިވެސް މިކަން މިގޮތަށް ކުރުމަށް ނިންމާފައިވާކަމަށެވެ. މިހެން ހެދުމުން އަގު ނުދީ ކުނިއުކާ މީހުން ގިނަވާނެކަން ވެމްކޯއިން ވިދާޅުވާކަން ހާމަކުރައްވައި އެހެންނަމަވެސް އެކަން ހަމަޖައްސަން ޖެހޭނީ ވެމްކޯއިން ކަމަށާއި، ފައިސާ ހޯދުމަށް ކުންފުނިން މަސައްކަތްކުރަންޖެހޭނެކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެތަން މޒ

ކައުންސިލްގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ މާދަންނު ބައްދަލުވުގައި ރައްޔިތުންނާ މުޚާޠަބްކުރައްވައި ވާހަކަފުޅުދައްކަވަމުން  މޭޔަރ ވިދާޅުވީ ގޭގެއިން ކުނި ނެގުމުގައި ކުރިންވެސް ޢަމަލުކުރަނީ މިގޮތަށްކަމަށްވިއަސް ކޮވިޑް – 19 ގެ ޙާލަތާ ގުޅިގެން ގޭގެއަށް ނުވަންނަގޮތް ހަމަޖައްސާފައިވަނީކަމަށެވެ. ނަމަވެސް މިހާރު ކޮވިޑް – 19 ގެ ޙާލަތަށްފަހު އާ ޢާއްމުޙާލަތަށް ބަދަލުވާއިރު މިކަމަކީވެސް ބަދަލުކުރަންޖެހޭ ކަމެއްކަމަށެވެ. ކުނިނެގުން އެގޮތަށް ބަދަލުކުރަންޖެހޭ މައިގަނޑު ސަބަބެއްކަމުގައި މޭޔަރ ވިދާޅުވީ މާލޭ ސިޓީގެ މަގުތަށް ކުނިވެފައި އޮންނާތީކަމަށެވެ. މިގޮތަށް މަގުތަށް ކުނިވެފައި އޮންނަން ދޫކޮށްނުލެވޭނެކަމަށެވެ. އެގޮތުން މިކަމަށް ރަނގަޅު ހައްލެއްގެންނަ ޖެހޭކަމަށެވެ. މިގޮތަށް ބަދަލުކުރާނީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުން ފެށިގެންކަމަށެވެ. މިކަމާބެހޭ ލިޔުން ވަރަށް އަވަހަށް ވެމްކޯއަށް ދާނެކަމަށް ވިދާޅުވިއެވެ. އަދި މިކަމާބެހޭ ބަންދަލުވުންތައް ބާއްވައިފިއެވެ.

ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެތެރެއިން ޚިޔާލުފާޅުކުރެއްވި ބައެއް ބޭފުޅުން ވަނީ މިގޮތަށހުށަހެޅި ގިނަ ޚިޔާލުތަކަށް ތާޢީދުކުރައްވާފައެވެ. މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ މާފަންނު ރައްޔިތުންގެ ބައްދަލުވުން ރޭ ބޭއްވީ ތާޖުއްދީން ސްކޫލުގެ ހޯލުގައެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، މި ބައްދަލުވުމުގައި ކައުންސިލްގެ ޕްލޭންހުށަހެޅުއްވިއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢު ތައް ތަފްޞީލްކޮށްދެއްވިއެވެ. ޚާއްޞަކޮށް މާފަންނަށް ހުރި މަޝްރޫޢުތައް ހާމަކުރެއްވިއެވެ. އެގޮތުން ބޮޑުގޭގައި އިސްމީ މަރުކަޒެއް ތަރައްޤީކުރުމުގެ ޚިޔާލުގެ އިތުރުން ގަޑިބުރުގެ ގަޑި އަލުން އިއާދަކުރުމުގެ ޚިޔާލާއި، ކުރީގެ ރެންޓާލްސް ހުރި ތަނުގައި އޮތް ޕާކް ބުރިބުރިއަށް ނަގާފައިވާ ސައިކަލް ޕާކްކުރާތަނެއް ރެސްޓޯރެންޓަކާއެކު އަދި ތިރީގައި އަންހެނުންގެ މާރުކޭޓަކާއެކު ތަރައްޤީކުރުމުގެ ޚިޔާލާއި، އެހެން ބައެއް ބިންތަކުގައި ގާޑން ޕްލާޒާ ކޮންސެޕްޓައް ވިޔަފާރީގެ ބޭނުމާއި އިޖްތިމާޢި ބޭނުން ހިފޭ ތަންތަން ތަރައްޤީކުރުމާއި، މަލްޓި ލޭޔަރ ކޮންސެޕްޓައް ބައެއް ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ ޚިޔާލު ހުށަހެޅުއްވިއެވެ.

މާފަންނުގެ  ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުންނާއި އަދި އެކިއެކި ކަންކަމާމެދު ދެކޭ ގޮތް ހުށަހެޅުއްވިއެވެ. މޭޔަރގެ އިތުރުން މާފަންނު  މެދު ދާއިރާގެ ކައުންސިލަރ އަދި ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް މި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބްކުރެއްވިއެވެ.

ބައްދަލުވުންތައް ތާވަލުކުރެވިފައިވާގޮތުން ދެން އެންމެ އަވަހަށް އޮންނާނީ ހެންވޭރު ބައްދަލުވުމެވެ. ހެންވޭރު ބައްދަލުވުން އޮންނާނީ 14 ވަނަ ދުވަހުގެރޭ 8:30 ގައި ކަލާފާނު ސްކޫލުގައެވެ. ހުޅުމާލޭ ބައްދަލުވުން އޮންނާނީ 21 ވަނަ ދުވަހުގެރޭ 8:30 ގައި ރެހެންދި ސްކޫލުގައެވެ.  އަދި މީގެ އިތުރުން 20 ވަނަ ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައި މާލޭ ސިޓީއަށް ހުޅުވާލައިގެން ބާއްވާ ބައްދލުވުމެއް އެރޭ 8:30 އޮންނާނެއެވެ.

ރޭގެ ބައްދަލުވުމުގައި ކައުންސިލަރުންނާ، އަންހެނުންގެތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ، ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ ވެރިންނާ މުވައްޒަފުންބައިވެރިވެވަޑައިގަތެވެ. 2 ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުން ޓީ.ވީ އިންނާއި އެފްބީއިން ލައިވްކުރިއެވެ.