ސަޢޫދީ ޢަރަބިއްޔާގެ 91 ވަނަ ގައުމީ ދުވަހުގެ އިހްތިފާލްގައި މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާގެ 91 ވަނަ ގައުމީ ދުވަހުގެ އިހްތިފާލްގައި މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި

4 ހަފްތާ ކުރިން

ސަޢޫދީ ޢަރަބިއްޔާގެ 91 ވަނަ ގައުމީ ދުވަހުގެ މުނާސަބާގައި ދިވެހިރާއްޖޭގައި ބޭއްވި ހަފްލާގައި މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. ހޮޓެލް ޖެންގައި  ބޭއްވި މި ހަފުލާގައި މޭޔަރ ބައިވެރިވެވަޑައިގެންނެވީ މި މުނާސަބާ ފާހަގަކުރުމަށް ސަޢުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ އެމްބެސެޑަރ ހިޒްއެކްސެލަންސީ މާތުރެޚް ޢަބްދުﷲ އެމް.އަލްދަސަން ދެއްވި ދައުވަތަކާގުޅިގެން އެ ދަޢުވަތު ގަބޫލުފުޅުކުރައްވައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ބޭއްވި ހަފްލާ އޮތީ މާލޭގައި ހޮޓެލް ޖެންގައެވެ. ސަޢޫދީ އަރަބިއްޔާގެ ގައުމީ ދުވަހަކީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހެވެ. ސަޢޫދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ ގޮތުގައި ބަލަނީ ހިޖާޒްކަރައާއި ނަޖްދުކަރަ އެއްކޮއްލައި ކިންގްޑަމް އޮފް ސަޢޫދީ ޢަރަބިއްޔާ އުފެދުނު ތާރީޚި ދުވަހެވެ. މި ދެ ގައުމު އެއްކޮއްލުމަށްފަހު ކިންގްޑަމް އޮފް ސަޢޫދީ ޢަރަބިއްޔާ އުފެދުނީ 1932 ވަނަ އަހަރުއެވެ.