ސްޓެލްކޯ 200 ފޫޓު އެތެރަށް ޖެއްސުމުގެ މަޝްވަރާތައް ފައްޓަވާނެކަމަށް މޭޔަރ ވިދާޅުވެއްޖެ

ސްޓެލްކޯ 200 ފޫޓު އެތެރަށް ޖެއްސުމުގެ މަޝްވަރާތައް ފައްޓަވާނެކަމަށް މޭޔަރ ވިދާޅުވެއްޖެ

3 ހަފްތާ ކުރިން

ސްޓެލްކޯ 200 ފޫޓު އެތެރަށް ޖެއްސުމުގެ މަޝްވަރާތަށް ފައްޓަވާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 25 އޯގަސްޓް 2021 ވަނަ ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 15 ވަނަ ރަސްމީ ޢާއްމު ޖަލްސާއަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މޭޔަރ ވިދާޅުވީ މިކަމަކީ އެއްދުވަހުން ދެދުވަހުން ކުރެވޭނެކަމެއް ނޫންކަމަށްވިއަސް އެކަމާބެހޭ މަޝްވަރާތައް ފައްޓަވައިގެން އެކަން ހާސިލްކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

” އިންޖީނގެތަށް ހުންނަންޖެހޭނީ 200 ފޫޓު ދުރުގަ. އެހެންކަމުން ސްޓެލްކޯއާއެކު މަޝްވަރާތައް ފަށާނެ ކައުންސިލުން” މޭޔަރ ޑރ.މުހާއްމދު މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރ  ވިދާޅުވީ ޤާނޫނުގައި ބުނަނީ ސިހްތިޞާސްގެ ސަރަޙައްދުގައި ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ދޭންވާނީ ކައުންސިލުން ކަމަށެވެ. އަދި ތިންވަނަ ފަރާތަކުން ޚިދުމަތް ދޭނަމަ އެކަމުގެ އެއްބަސްވުމެއް ކައުންސިލާއެކު ހަދަން ޖެހޭނަކަމަށެވެ. އެހެންކަމުން އެއްބަސްވުން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފަންނީ ގޮތުން މަސައްކްތް ކޮއްދޭނެ ފަރާތެއް ހޯދުމަށް މިހާރު ކައުންސިލުން ވަނީ އިޢޫލާންކޮށްފައެވެ. މިކަން ނިމުމުން އެއްބަސްވުން ހައްދަވާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ޑރ.މުޢިއްޒު ވިދާޅުވީ މިކަންކަން ކުރެވިގެންދާއިރު ސްޓެލްކޯ 200 ފޫޓު ދުރަށް ޖެއްސުމުގެ މަޝްވަރަތައް ފަށާނެކަމަށެވެ. މިބާވަތުގެ ކަންކަން އެހާއަވަހަށް ނުވިކަމުގައި ވިއަސް މިކަން ކުރިއަށް ދާނެކަމަށް ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން ސްޓެލްކޯގެ ބައެއް ޚިދުމަތްތައް މާލެއިން ބޭރަށް ދާންޖެހިދާނެކަން ހާމަކުރައްވައި ވިދާޅުވީ އެއީވެސް ކުރެވެން އޮތްކަމެއްކަމަށެވެ. ގްރޭޓަރ މާލޭ ސަޙައްދު ގުޅާލާއިރު ކަރަންޓްގެ ޚިދުމަތް ދިނުން އެހެން ތަނެއްގައި ހުރިކަމުގައި ވިއަސް ޚިދުތް ދެވޭނެކަމަށް މޭޔަރ ހާމަކުރެއްވިއެވެ.

 

ސްޓެލްކޯގެ ފަރާތުން ވަނީ، ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ސްޓެލްކޯ އޮފީސްއިމާރާތް ހިމެނޭ ދޭތެރޭ އޮންނަ ކަށިމާ ހިނގުން ( ބްލޮކް ނަމްބަރ 349 ) އާއި ސްޓެލްކޯ ޕަވަރ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާ އާއި ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން ( ބްލޮކް ނަމްބަރ  348.347 ) ސްޓެލްކޯގެ ފަރާތުން ޢާއްމުންނަށް ނުހިނގޭ ފަދަ ގޮތަކަށް ބަންދުކޮށްފައެވެ. މިކަން ރަނގަޅުކޮށް ގޯޅިތަށް ހުޅުވާލުމަށް އެއްމަމަސްދުވަހުގެ މުއްދަތުދީ ސިޓީ ކައުންސިލުން ވަނީ ސްޓެލްކޯއަށް ސިޓީއަކުން އަންގާފައެވެ.