ޒަމާނުއްސުރެ ތަރުތީބު ގެއްިލފައިާވ ފަޅުމަތީމަގު، ކޯވިޑް – 19 އާއި ގުޅިގެން ސާފުކޮށް އެމަގުގެ ބައެއް އެއްކޮޅަށް ދުއްވާ މަގެއްކަމުގައި ހަމަޖައްސައިފި.

ޒަމާނުއްސުރެ ތަރުތީބު ގެއްިލފައިާވ ފަޅުމަތީމަގު، ކޯވިޑް – 19 އާއި ގުޅިގެން ސާފުކޮށް އެމަގުގެ ބައެއް އެއްކޮޅަށް ދުއްވާ މަގެއްކަމުގައި ހަމަޖައްސައިފި.

1 އަހަރު ކުރިން

ޒަމާނުއްސުރެ ތަރުތީބު ގެއްިލފައިާވ ފަޅުމަތީމަގު، ކޯވިޑް – 19 އާއި ގުޅިގެން ސާފުކުރުމުގެ މަސައްކަތް މާލޭސިޓީ ކައުންސިލުން ފަށައިފިއެވެ.

މި ސަރަޙައްދަކީ ވަކި ތަރުތީބެއްނެތި، އަދި ވަކި ހަމައެއްނެތި ނީލަން މުދާ ބަހައްޓައިގެން ބޭނުންކުރަމުންދާ ސަރަޙައްދެކެެވެ. މިކަަމެގ ސަބަބުން މި ސަރަޙައްދު ހިމެނޭ ފަޅުމަތީ މަގުގެ ތަރުތީބު ގެއްލި މަގުމަތީ ގައި މުދާ ޖަމާކޮށްފައި ބެހެއްޓުމުގެ ސަބަބުން ދުއްވާ އެއްޗެއްސާއި ހިނގާ މީހުނަށް ވެސް ދަތިތަކާކުރިމަތިަވމުން ދެއެެވެ. ދައުލަތުގެ އެއްވެސް ބިމެއް ގައި އަދި އެއްވެސް ސަރަޙައްދެއްގައި މުދަލެއް ބަހައްޓައިގެން އެތަނެއް ބޭނުންކުރަން ވާނީ ހަމަޖެހިފައިވާ އުސޫލުގެ މަތިނެވެ. ފަޅުމަތީ މަގުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ގެނައި ބަދަލުގައި ހިމެނެނީ އެމަގުގެ ބައެއް އެއްކޮޅަށް ދުއްވާގޮތަށް ހަމަޖެއްސުމެެވެ. އެއީ ފަޅުމަތީ މަގުގެ ރެހެންދި ހިނގުމުން ފެށިގެން ތަރާނާ ގޯޅިއާ ހަމައަށް ހުޅަނގުން އިރަށް ދުއްވާގޮތަށް ހަމަޖެއްސުމެެވެ. ފަޅުމަތީމަގުގެ ދެން އޮތް ބައިގައި ކުރިންވެސް އޮތްގޮތަށް ދެކޮޅަށް ދުއްވޭނެއެވެ.