ުފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއް ބާއްވައިފި

ުފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއް ބާއްވައިފި

1 އަހަރު ކުރިން

ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއް ބާއްވައިފިއެވެ. ކޮވިޑް – 91 އާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ހިންގުމަށް ގެނައި ބަދަލުތަކުގެތެރެއިން އިޖްތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ދަށުން ސިޓީ ކައުންސިލްގެ 94 ވަނަ ޖަލްސާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާފައިވަނީ މި އެޕްރީލް މަހުގެ 14 ވީ އަންގާރަ ދުވަހު ހަވީރު 4:00 ގައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ފުރަތަމަ ޖަލްސާގައި މާލޭ ސިޓީގެ މޭޔަރ އާއި ޑެޕިއުޓީ މޭޔަރގެ އިތުރުން 9 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާއަށް އެޖެންޑާކޮށް މަޝްވަރާކުރެވިފައިވަނީ ކޮވިޑް – 19 އާއި ގުޅިގެން ރައްޔިތުނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، ކައުންސިލުން ކުއްޔަށްދީފައިވާ ތަންތަނުގެ ކުއްޔާމެދު އަމަލުކުރާނެ ގޮތެއް ކައުންސިލަރުންގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމުމާއި، މަސްމާރުކޭޓް ސަރަޙައްދުގެ ފަޅު ބޭނުންކުރުމުގެ ގަވައިދަށް ގެންނަން ފެންނަ އިސްލާހްތަކާބެހޭގޮތުންނެވެ.

މާރުކޭޓްގެ ގޮޅިތަށް ކާމިޔާބުކޮށްފައިވާ ފަރާތްތަކުން ކުލިދައްކަން ފަށާ ތާރީޚަކީ މޭއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންކަމުގައި ކަނޑައެޅުމަށޤ މިޖަލްސާއިން ވަނީ ނިންމާފައެވެ. ސަބަބަކީ ގޮޅިތަކުގެ އެއްބަސްވުން ހެދުމަށްފަހު، ގޮޅިތަށް ހެދުމުގެ ފުރުޞާތު ދެވިފައިވަނީ ވަރަށް ލަހުން ކަމަށްވާތީ ގޮޅިތަށް ތައްޔާރުކުރުމަށް އިތުރު ވަގުތު ބޭނުންވާނެކަމަށް ފެންނާތީއެވެ.