މާލެ ސިޓީގެ މޭޔަރު ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވަނީ

މާލެ ސިޓީ ކައުންސިލް އިދާރާ24 މެއި 2022


މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަން އަދި ސަރުކާރުން ހުއްދަ ނުދެއްވާކަމަށް މާލެ ސިޓީގެ މޭޔަރު ވިދާޅުވެއްޖެ

ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ނަތީޖާ އަކީ މާލެ ސިޓީގެ މަގުހެދުމުގެ މަޝްރޫޢު ހުއްޓުން ކަމަށާއި، މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަން އަދި ސަރުކާރުން ހުއްދަ ނުދެއްވާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.

މަގުހެދުމުގެ މަޝްރޫޢު ހުއްޓި ގިނަ ބައެއްގެ ފާޑުކިޔުން ކައުންސިލަށް އަންނަމުންދާތީ އެކި ފަހަރުމަތިން މޭޔަރުވަނީ މަޝްރޫޢު ހުއްޓިފައިވާ ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވާފައެވެ.

އެހެން ނަމަވެސް މާލޭގެ އެންމެ ގިނަބަޔަކު ދުއްވާ އަދި ކާރޫބާރޫބޮޑު އަމީނީމަގު ހެދުމުގެ މަޝްރޫޢު އާއި ގުޅޭގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ) އިން ދާދިފަހުން އަމީނީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމި ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.

އާރްޑީސީއިން މިފަދައިން ބުނިނަމަވެސް މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބަޖެޓް ސަރުކާރުން ދީފައިނުވާކަމަށް މޭޔަރު މުޢިއްޒުވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގެ ތެރެއިން.

މޭޔަރު ވިދާޅުވީ ސަރުކާރުން ކައުންސިލަށް ދޭންޖެހޭ އެއްބާރުލުން ނުދެއްވުމުގެ ސަބަބުން މަގު ހެދުމުގެ މަޝްރޫޢު ހުއްޓިފައިވާކަމަށާއި، އޭގެ ނަތީޖާއަކީ އަމީނީ މަގު ނުހެދި އޮތުން ކަމަށެވެ.

އެއްބާރުލުން ނުލިބުމުގެ ނަތީޖާއެއްގެ ގޮތުން މަގު ހެދުމުގެ މަޝްރޫޢު ހުއްޓުވުމުގެ ނަތީޖާ އަކީ އަމީނީމަގު ނުހެދި އޮތުން

މޭޔަރު އިތުރަށް ވިދާޅުވީ މިފަދަ ކަންކަމަށް ރައްޔިތުން މިހާރު ހޭލުންތެރިވެފައިވާ ކަމަށާއި، ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދަން އަދި ހުއްދަ ދެއްވާފައި ނުވާކަމަށެވެ.

އަދި ހަމަ ގައިމުވެސް ސަރުކާރުން ހުއްދައެއް ނުދެއްވާ މަގު ހެދުމުގެ މަޝްރޫޢު ހިންގާކަށް

މިއާއިއެކު މަގުހެދުމުގެ މަސައްކަތް ޢަމަލީ ގޮތުން ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލާއި އެކު ކޮންޓްރެކްޓަރ އެއްގެ ގޮތުގައި މަސައްކަތް ކުރާ އާރްޑީސީއިން މި މަސައްކަތާއި ގުޅޭ އިދާރީ ކަންކަން ކައުންސިލުން ނުނިންމާކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަށްވެސް މޭޔަރު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން މޭޔަރު ވިދާޅުވީ މިހާތަނަށް މި މަޝްރޫޢު އާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށެވެ. އަދި މި މަޝްރޫޢު އާއި ގުޅޭ ބައްދަލުވުމަކަށް ސަރުކާރުގައި އެދިގެން އުޅޭތަ އެއްމަސް ދުވަސް ވެގެން ގޮސްފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ކައުންސިލުން ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ. މީޓިން އަކަށް އެދިގެން އެބަދޭ އެއްމަސް އެއަށް ރެސްޕޮންޑް ކުރަން ސަރުކާރުން

މޭޔަރު ވިދާޅުވީ މި ކައުންސިލުން އާރްޑީސީ އާއިއެކު މަގުހެދުމުގެ މަޝްރޫޢު 2 އަހަރުތެރޭގައި ނިންމުމަށް މަސައްކަތް ކުރިކަމަށާއި، ކުރީ ކައުންސިލާއި އެކު މަޝްރޫޢު އޮތީ ދިގުދެމިގެން ދާފަދަ ގޮތަކަށް ކަމަށެވެ. އަދި މި ކައުންސިލުން ކުރު މުއްދަތެއްގައި މަޝްރޫޢު ނިންމަން ބޭނުންވީ ނަތީޖާ ނެރެން ބޭނުންވާތީކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މިކައުންސިލުން ނިންމީވެސް އާރުޑީސީ އާއިއެކު އޮތް މަޝްރޫޢު ދެ އަހަރު ތެރޭގަ ނިންމަން. ކުރީ ކައުންސިލުން އޮތީ ދިގުދެމިގެންދާ ފަދަ ގޮތަކަށް. ހަތްސަތޭކަ ދުވަހުން މަޝްރޫޢު ނިންމަން ބޭނުންވީ ނަތީޖާ ނެރެން ބޭނުންވާތީ. އަޅުގަނޑުމެންނަކީ ތަރައްޤީގެ ވިސްނުމުގައި ތިބިބައެއް

މޭޔަރު ވިދާޅުވީ މި ސަރުކާރުން މާލެ ސިޓީ ކައުންސިލާއި ދޭތެރޭ ކަންކަމުގައި އިޖާބަދިނުން އޮންނަނީ ވަރަށް ލަސް ވަރަށް ފިނި ގޮތަކަށް ކަމަށެވެ.

މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެންމެގިނައިން ޝަކުވާ އަންނަމުންދާ އެއް މައްސަލަ ކަމަށްވާ އަމީނީމަގު ހެދުމުގެ މަޝްރޫޢު އާއި ގުޅޭގޮތުން މޭޔަރު މީގެ ކުރިން ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢު ނުހުއްޓުވި ނަމަ އަމީނީމަގު އޮންނާނީ ފަސް މަހުގެ ތެރޭގައި ތާރު އަޅާ ނިމިފައި ކަމަށެވެ.