މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް އިދާރާ24 މެއި 2022


މާލޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮންނަން ޖެހޭ: މޭޔަރު މުޢިއްޒު

މާލޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮންނަންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މުޢިއްޒު ކުރެއްްވި ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮތުމަކީ މުހިއްމު ކަމުގައި ދެކޭކަމަށެެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ “މޮނޮޕޮލައިޒް” ކުރެވޭ ގޮތަށް އަސާސީ ޚިދުމަތް ދިނުން އޮތުމަކީ ރައްޔިތުންނަށް ހައްޤު މިންވަރު ނޫން ކަމަށާއި އަދި އިންސާފެއްވެސް ނޫން ކަމަށެވެ.

މޭޔަރު މުޢިއްޒު މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ މާލެ ސިޓީގެ އެކި ސަރަޙައްދުތަކުން ކަރަންޓު ދިއުމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ސްޓެލްކޯއަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.