ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް

މާލެ ސިޓީ ކައުންސިލް އިދާރާ25 މެއި 2022


ކައުންސިލާއި މަޝްވަރާނުކޮށް ކުނި ނެގުމުގެ އުސޫލު ބަދަލުކުރުމުން ކައުންސިލަރު ސައިފް ކަންބޮޑުވުން ފާޅުކުރައްވައިފި

މާލެ ސިޓީ ކައުންސިލާއި މަޝްވަރާ ކުރުމެއް ނެތި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި ވަކިކުރަން ޖެހޭ ގޮތަށް އުސޫލެއް އެކުލަވައިލުމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 53 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައިފް ވިދާޅުވީ ގޭބީސީތަކުން ނެރޭ ކުނި ވަކި ކުރަން ޖެހެނީ ކޮން ކޮން ގޮތަކަށްތޯ (ވެމްކޯ) އިން ރައްޔިތުންނަށް ބުނެދީފައި ނުވާކަމަށެވެ.

ކުރިއަށް އޮތް ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގެ ގޭބީސީތަކުން ނެރޭ ކުނި ނެރެން ޖެހޭނީ އެކި ވައްތަރުގެ ކުނި ވަކި ކޮށްގެން ކަމަށް ނިންމުމާއި ގުޅިގެން ސައިފް ވިދާޅުވީ ވެމްކޯއިން ގޭބީސީތަކުން ނެރޭ ކުނި ވަކި ކުރަން ޖެހެނީ ކޮން ކޮން ގޮތަކަށްތޯ ބުނެދީފައި ނުވާ ކަމަށެވެ.

ސައިފް ވިދާޅުވީ ކުނި ވަކި ކުރަންޖެހެނީ ކިތަށް ކެޓަގަރީއަށްތޯ އާއި ކުނި ބަންދުކުރަން ޖެހެނީ ކޮން ގޮތަކަށްތޯ އަދި ކުނި ނެރެން ޖެހެނީ ކޮންތަނަކަށްތޯ ވެމްކޯއިން ބުނެދީފައި ނުވާ ކަމަށެވެ.

ސައިފް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި ވާގޮތުން މާލެ ސިޓީގެ ކުނި މެނޭޖް ކުރުމުގެ ޒިންމާ ހަވާލު ކުރެވިފައިވާ ފަރާތް ކަމުގައިވާ މާލެ ސިޓީ ކައުންސިލާއި މަޝްވަރާ ކުރުމެއް ނެތި ވެމްކޯއިން މިފަދަ ނިންމުމެއް ނިންމުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމުގައެވެ.