މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 55 ވަނަ ރަސްމީ އާންމު ޖަލްސާގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ08 ޖޫން 2022


ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުމަށް ހަރުގެއެއް އެޅުމަށް ނިންމައިފި

ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ހަރުގެއެއް އެޅުމަށް ނިންމައިފިއެވެ.

ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ހަރުގެއެއް އެޅުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 55 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި ހަރުގެ ހެދުމަށް ނިންމާފައިވަނީ ވިލިމާލޭގެ ވެމްކޯ ސަރަޙައްދުގައެވެ.މި ސަރަޙައްދުގައި ފައިބަރު މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޕްލޭނިންގް މިނިސްޓްރީން އެސަރަޙައްދަށް ފައިބަރު މަސައްކަތް ކުރުން ބަދަލުކޮށް ދެއްވުމަށް މާލެ ސިޓީ ކައުންސިލުގައި އެދިފައިވުމާއި ގުޅިގެންނެވެ.

މިއީ ޕްލޭނިންގް މިނިސްޓްރީގެ އެދުމުގެ މަތިން ފައިބަރު މަސައްކަތް ކުރާތަން ބަދަލު ކުރުމަށް ނިންމި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި ހަރުގެ އަކީ ކުލި ނެގޭގޮތަށް އެޅުމަށް ނިންމާފައިވާ ހަރުގެއެކެވެ.

ފައިބަރު މަސައްކަތް ކުރުމަށް ހަރުގެއެއް އެޅުމަށް ނިންމާފައިވަނީ ޕްލޭނިން މިނިސްޓްރީއަށް މިކަމުގައި ދާއިމީ ހައްލެއް ހޯދައިދިނުމަށް ދެންނެވުމަށްފަހު ހައްލެއް ލިބެންދެން ވަގުތީގޮތުންނެވެ.