އ.ތ.މ. ކޮމެޓީގެ އަހަރީ ޖަލްސާގެ ތެރެއިން

މާލެ ސިޓީކައުންސިލް އިދާރާ25 ޖޫން 2022


މާލެ ސިޓީ އ.ތ.މ ކޮމެޓީގެ އެއްއަހަރު ކުލަގަދަކޮށް ފާހަގަކޮށްފި

މާލެ ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެއް އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. އ.ތ.މ ކޮމެޓީއަށް އަހަރުފުރުން ފާހަގަކޮށްފައިވަނީ ޖޫން މަހުގެ 24 ވީ ހުކުރު ދުވަހުގެ ރޭ ލޮނުޒިޔާރަތް ޕާކުގައެވެ.

އެ ކޮމިޓީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި "ޚިދުމަތަށް އެއްއަހަރު"ގެ ނަމުގައި ކުރިޔަށް ގެންދިޔަ މިހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަންއާއި ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރުއާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހްގެ އިތުރުން ސްޓޭޓް މިނިސްޓަރ ހަސަން މުޣުނީ އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝްއާއި ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގީ އިފްތިތާހުކުރުން.

މި ޙަފްލާގައި މާލެ ސިޓީގެ އ.ތ.މ ކުރާ ކޮމެޓީއިން ފާއިތުވި އެއް އަހަރު ކުރެވިފައިވާ ޚިދުމަތްތަކާއި، އަދި ކޮމެޓީގެ އައު ލޯގޯ ވަނީ އިފްތިތާޙް ކޮށްފައެވެ. މީގެ އިތުރުން ގޭބިސީތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޙާލަތު ދެނެގަތުމަށް ހަދާފައިވާ ސާރވޭ ފޯމްވެސް މި ބައްދަލުވުމުގައި ވަނީ އިފްތިތާޙު ކޮށްފައެވެ.

އ.ތ.މ. ކޮމެޓީގެ އަހަރީ ޖަލްސާގެ ތެރެއިން.

މި ޙަފްލާގައި މާލެ ސިޓީގެ ކަނބަލުންނަށް ޚާއްސަ ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. އެގޮތުން އެކި ދާއިރާތަކުން މާލެއަށް ޚިދުމަތް ކޮށްފައިވާ އަންހެނުން ފާހަގަކޮށް އެ ފަރާތްތަކަށް ހިތްވަރުދިނުމުގެގޮތުން 16 އަންހެން ބޭފުޅުންނަށް މި ފިލާ ހަދިޔާކުރެއްވިއެވެ.

ހިތްވަރުދިނުމުގެ ފިލާ ލިބުނު އަންހެނުން

1.އައިމިނަތު ސީމާ

2.މަރިޔަމް ޝަކީލާ އާދަމް

3.ފާތިމަތު ނިޒާރު

4.ސައީދާ އަލީ

5.އައިމިނަތު ވަހީދާ

6.އާމިނަތު ނާޒުލީ އިބްރާހީމް

7.ޝަރީފާ އަބްދުﷲ ދީދީ

8.ފަހީމާ އަބްދުލް ގާދިރު

9.އާއިޝަތު ހުސައިން މަނިކު

10.އާމިނަތު ނާޝިދާ

11.އާއިޝަތު ޝެރީން

12.ފާތުމަތު ބަދޫރާ

13.ސޯބިރާ އަހުމަދު މުހައްމަދު

14.އާއިޝަތު މުހައްމަދު (ރިޝްތާ)

15.މަރިޔަމް މުހައްމަދު ސަމީރު

16.ޝާމާ މުހައްމަދު

އ.ތ.މ. ކޮމެޓީގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު މަރްޙޫމާ އީމާގެ ޚިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލާއެރުވުން.

މީގެ އިތުރުން ނުރައްކާތެރި ހާދިސާއެއްގައި ނިޔާވެފައިވާ، މާލެ ސިޓީގެ އ.ތ.މ ކޮމެޓީގެ މެމްބަރު އައިމިނަތު އީމާގެ ޚިދުމަތުގެ އަގު ވަޒަންކޮށް އާއިލާއަށްވަނީ ހަނދާނީ ފިލައެއް ދީފައެވެ. އާއިލާގެ ފަރާތުން މި ފިލައާ ހަވާލުވީ އީމާންގެ ދެ ދަރިންނާއި މަންމައެވެ.