މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް އިދާރާ29 ޖޫން 2022


އޮފީސްތަކުން ބިންތައް ރަޖިސްޓްރީ ކޮށްދިނުމަށް ކައުންސިލްގައި އަންނަނީ އެދެމުން:މޭޔަރު މުޢިއްޒު

ސަރުކާރުގެ އެކިއެކި އޮފީސްތަކުން މާލޭގެ އެކިއެކި ބިންތަކުގެ ރެޖިސްޓްރީ ހައްދަވައިދެއްވުމަށް އެދެމުން އަންނަކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 58 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ ބިންތައް ރަޖިސްޓްރީ ކޮށްދިނުމުގައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތަކެއް ހުރުމުން، މިނިސްޓްރީއަކުން އަދި އެދުނުކަމުގައި ވީނަމަވެސް އިޖުރާޢަތްތައް ފުރިހަމަ ނުކުރާ ހިނދަކު ބިންބިން ރަޖިސްޓްރީ ކޮއްދެވެން ނެތްކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ އެހެންނަމަވެސް ސަރުކާރުގެ ވުޒާރާތަކުން ބިންބިން ރަޖިސްޓްރީ ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާޢަތްތަށް ފުރިހަމަ ކުރުމަށްފަހު ޤާނޫނީ އިމުގެ ތެރެއިން އެކަމަށް އެދުމުން އެކަން ކޮށްދޭނެކަމުގައެވެ.