މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް ކުރިމަތިލާ ފަރާތްތަކަށް ފޯމު ހުށައެޅުމުގައި މާލެ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ފޯމުލުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ފުރުމުގައި އެހީތެރިވުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާކަން އިއުލާނުކޮށްފައިމިވަނީ ފޯމު ފުރުމުގައި ދަތި ތަކާއި ކުރިމަތިވާ ފަރާތްތަކަށް ވީހާވެސް ބޮޑަކަށް އެހީތެރިވުމުގެ ގޮތުންނެވެ.
ފޯމު ލުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން މޭޒުތައް ބެހެއްޓުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ޙިދުމަތާއި ބެހޭ ބަޔާއި އަދި މާލެ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައެވެ.
އޯގަސްޓު 1ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 26އަށް މި ދެތަނުގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ފެށިގެން މެންދުރު 14:00 އާ ދެމެދު އަދި ރޭގަނޑު 20:00 އިން 22:00 އާ ހަމަޔަށް ފޯމު ފުރުމާއި ހުށައެޅުމަށް އެހީތެރިކަން ފޯރުކޮށް ދެމުންގެންދާނެއެވެ.