މިނީ ބަސް ދުއްވާ މަގުތަކުގައި ޕާކިންގ ޒޯން ހަދަން ފެށުމުގެ ތެރެއިން

މާލެ ސިޓީ ކައުންސިލް އިދާރާ04 އޯގަސްޓް 2022


މިނީ ބަސް ދުއްވާ މަގުތަކުގައި ޕާކިންގ ޒޯން ހަދަން ފަށައިފި

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކާ ބަސްދުއްވާ މަގުތަކުގެ ޕާކިންގ ހުސްކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ޕާކިން ޒޯން ހެދުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި ޕާކިންގ ޒޯން ހެދުމުގެ މަސައްކަތް ފައްޓާފައިވަނީ ރަސްފަންނު ކައިރީގައި އޮންނަ ހުސް ސަރަހައްދުންނެވެ.

މިނީ ބަހުގެ ޚިދުމަތްދޭން ފެށުމަށްޓަކައި މާލޭގެ ބައެއް މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެކުރިން ވަނީ ފާހަގަ ކުރައްވާފައެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް މާފަންނު ސަހަރާ ތައްގީގު ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.