ޙިދުމަތް އިފްތިތާޙް ކޮށްދިނުމުގެ ގޮތުން ބޭއްވުނު ހަފްލާގެތެރެއިން

މާލެ ސިޓީ ކައުންސިލް އިދާރާ08 ސެޕްޓެމްބަރ 2022


މާލޭ ސިޓީ ކައުންސިލުން ދެކުނު ބަނދަރުގެ އުޅަނދުފަހަރު ބެލެހެއްޓުމަށްޓަކައި ސީސީޓީވީ އާއި ފެނުގެ ޚިދުމަތް ފަށައިފި

މާލޭ ސިޓީ ކައުންސިލުން މާލޭގެ ދެކުނު ބަނދަރުން ޚިދުމަތް ހޯދާ އުޅަނދުފަހަރުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ފެނުގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ.

އެކަމަށްޓަކައި ސިޓީ ކައުންސިލުން ވަނީ ޚާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ.

މާލޭ ސިޓީކައުންސިލުން ފަށާފައިވާ ސީސީޓީވީ ހަރުކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ކައުންސިލުން ވަނީ މާލޭގެ ދެކުނު ބަނދަރުގައި، މެރީ ބްރައުން ރެސްޓޯރެންޓުން ފެށިގެން ސްޓެލްކޯ ޕަމްޕު ސްޓޭޝަންތަކާއި ހަމަޔަށް 15 ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. އަދި އެ ކެމެރާތައް މެދުވެރިކޮށް އެ ސަރަހައްދުގެ ސެކިއުރިޓީ ކަންކަން 24 ގަޑިއިރު ސިޓީ ކައުންސިލުން ބަލަހައްޓާގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެ މަސައްކަތާއި ގުޅޭގޮތުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދެކުނު ބަނދަރުގައި އަޅާފައި އޮންނަ އުޅަނދުތަކުން ވައްކަން ކުރާކަމުގެ ގިނަ ޝަކުވާތަކެއް ސިޓީ ކައުންސިލަށް ލިބެމުންދާކަމަށެވެ.