މާލޭގެ އިރުމަތި ފަރާތުގެ ސަލްމާން މިސްކިތް ސަރަޙައްދަށް އުދަ އަރާތީވެ މާލެ ސިޓީ ކައުންސިލުން އެސަރަހައްދުގައި ފާރެއް އިމާރާތް ކޮށްފިއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ މުޙައްްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި މާލެ ސިޓީ ކައުންސިލުން އިމާރަތް ކުރި ފާރުގެ ފޮޓޯތަކެއް ވަނީ ހިއްސާކުރައްވާފައެެވެ.
ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަޙައްދަކީ މާލޭގައި ވަރަށް ގަދަޔަށް އުދައަރާ ސަރަޙައްދެއްކަން ފާހަގަކޮއްލެވެއެވެ.އަދި އުދައަރާ ކޮންމެ ފަހަރަކު މާލެ ސިޓީ ކައުންސިލުން އެސަރަހައްދު ސާފުކޮށް ހަދައެވެ.
މި ފާރު އިމާރާތް ކުރުމަށްފަހު މާލެއަށް އުދަ އެެރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކަން ފާހަގަކުރެވެއެވެ. އަދި އެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ވެސް ލޮނު ގެ އަސަރު ކުރުމުން ރައްކާތެރި ކޮށްދެއެވެ.
އިއްޔެ މާލެއަށް އުދައެރުމުގެ ސަބަބުން ކާނިވާ ސަރަޙައްދާއި، ބޮޑުތަކުރުފާނުމަގުގެ ބޮޑު ސަރަޙައްދަކަށް ވަނީ ލޮނުގެ އަސަރުކޮށްފައެވެ.މާލެއަށް އުދަ އަރާފައިވާއިރު، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް އުދަ އަރާނެކަމަށް ލަފާކޮށް އެ ސަރަޙައްދުތަކަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ ވައިޓް އެލާޓް ނެރެފައެވެ.