މާލެ ސިޓީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ އާދަމް ރަމީޒް

މާލެ ސިޓީ ކައުންސިލްގެ އިދ07 ނޮވެމްބަރ 2022


ބަޖެޓުގެ ދަތިކަމާއެކުވެސް މާލެ ސިޓީ ކައުންސިލުން ދަނީ ހަލާކުވެފައިވާ ކާނުތައް ބަދަލުކުރަމުން : ރަމީޒް

ބަޖެޓްގެ ދަތިކަމާއެކުވެސް މާލެ ސިޓީ ކައުންސިލުން އަންނަނީ މާލެ ސިޓީގެ މަގުތަކުގައި ހަލާކުވެފައި ހުރި ކާނުތަކުގެ މަތިގަނޑުތައް ބަދަލުކުރަމުން ކަމުގައި މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ހަވާލުވެހުންނެވި މެދު ހެންވޭރު ދާއިރާގެ ކައުންސިލާރ އާދަމް ރަމީޒް ވިދާޅުވެއްޖެއެވެ.

ރަމީޒް ވިދާޅުވީ ބޭނުންވާހާ ހަލުވިކަމާއެކު މާލެ ސިޓީގެ މަގުތަކުގެ ކާނުތަކުގެ މަތިގަނޑުތައް ނުހެދެނީ ބަޖެޓުގެ ދަތިކަމާހުރެ ކަމަށެވެ. ރަމީޒް ވިދާޅުވީކައުންސިލަށް ބަޖެޓް ނުލިބޭތާ 3 މަހަށްވުރެ ގިނަދުވަސްވެފައި ވާކަމަށާއި، ކާނު މަތިގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓިފައިވަނީ އެކަމަށް ބޭނުންވާ ފައިސާ އާއި ސާމާނު ނެތުމުން ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ސިމެންތި އާއި ހިލަ އާއި ހިލަވެލި މާލެ ސިޓީ ކައުންސިލުގައި ނެތްކަން ރަމީޒް ފާހަގަ ކުރެއްވިއެވެ.

ރަމީޒް ވިދާޅުވީ މާލެ ސިޓީގެ މަގުތަކުގެ ކާނުތަކަކީ އަބަދުވެސް ބަދަލު ކުރާ އެއްޗެއް ކަމަށާއި އެހެންނަމަވެސް މިދުވަސްވަރު ކާނު މަތިގަނޑު ހަލާކުވުމުގެ މައްސަލަ ބޮޑުވެފައިވަނީ ބޮޑެތި މަގުތަކުގައި ސަރުކާރުން މިނީ ބަހުގެ ހިދުމަތް ފެށުމުން ކަމަށެވެ. މިނީ ބަސްފަދަ "ހެވީ" ވެހިކަލްތައް ކާނުގަނޑުމަތިން ދުއްވުމުގެ ސަބަބުން ކާނުތަކަށް ގެއްލުން ލިބޭކަން ރަމީޒް ވަނީ ފާހަގަ ކުރައްވާފައެވެ.

މާލެ ސިޓީގެ މަގުތަކުގެ ކާނުތަކަކީ އަބަދުވެސް ބަދަލު ކުރާ އެއްޗެއް. މިދުވަސްވަރު ކާނު މަތިގަނޑުތައް އެހާވަރަށް ހަލާކުވަމުންމިދަނީ ބޮޑެތި މަގުތަކުގައި ސަރުކާރުން މިނީ ބަހުގެ ހިދުމަތް ފެށުމުން. މިނީ ބަސްފަދަ "ހެވީ" ވެހިކަލްތައް ކާނުގަނޑުމަތިން ދުއްވުމުގެ ސަބަބުން ކާނުތަކަށް އަސްލު ވަރަށް ގެއްލުން ލިބޭ

ރަމީޒް އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރާ މިހާރުގެ ކައުންސިލުން ހަވާލުވީ ފަހުން 300އަށް ވުރެ ގިނަ ކާނު މަތިގަނޑު ވާނީ ބަދަލުކޮށްފައިކަމަށާއި މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ހަލާކުވެފައިހުރި ކާނުތައް ދެނެގަތުމަށް ސާރވޭއެއް ހަދާފައި ކަމަށެވެ.

ފާއިތުވެދިޔަ 1 މަސް ދުވަހުގެ ތެރޭގައި ކާނު މަތިގަނޑު ބަދަލުކޮށްފައިވާ މަގުތައް:

  • ރިންގްރޯޑް
  • ލޮނުޒިޔާރަތްމަގު
  • އޯކިޑުމަގު
  • އަމީނީމަގު
  • އަބަދަށްއުފާމަގު
  • މެދުޒިޔާރަތްމަގު
  • ނިކަގަސްމަގު
  • ފާށަނާކިލެގެފާނުމަގު
  • އިއްޒުއްދީންމަގު

މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ ސާވޭއިން ދައްކާގޮތުގައި މިހާރުންމިހާރަށްވެސް ބަދަލުކުރަންޖެހޭ ކާނު މަތިގަނޑުތަކުގެ އަދަދު 400 އަށްވުރެ މައްޗަށް އަރާ ކަމުގައި ރަމީޒް ވިދާޅުވިއެވެ.

ކާނުމަތި ބަދަލުކުރުމުގެ އިތުރުންވެސް މާލެ ސިޓީ ކައުންސިލުންދަނީ މާލެ އަދި ވިލިމާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތާއި، މަގުތަކުގައި ހުންނަ އެހެނިހެން މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުންނެވެ.