ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް، އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނިކޮށް ގެއްލިގެން ހޯދަމުންދާ މާލެ، މ.އަސަރީހަނދާން، ތަސްލީމް މުޙައްމަދުގެ އާއިލާއާއި، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް ޢާޒިމް ބައްދަލުކޮށް، އެ އާއިލާއަށް މި ވަގުތު ކުރިމަތި ވެފައިވާ ހިތާމައިގައި ބައިވެރިވެވަޑައިގެން އާއިލާއަށް ހިތްވަރު ދެއްވައިފިއެވެ. 1 ސެޕްޓެމްބަރ 2024 ވަނަ ދުވަހު، މޭޔަރ އާދަމް ޢާޒިމް، ތަސްލީމް މުޙައްމަދުގެ ގެ، މ.އަސަރީހަނދާނަށް ވަޑައިގެން އެ އާއިލާއާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި، ތަސްލީމް ހޯދުމަށް މުކުރަމުންދާ މަސައްކަތުގައި މޭލެ ސިޓީ ކައުންސިލުން ބައިވެރިވެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ.