މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 03 ޑިސެމްބަރ 2024


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލެސިޓީގެ ހަވީރީ ހިނގުމުގެ ދުވާރުމައްޗަށް ފަސޭހައިން އަރައި ފޭބޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލޭގެ ހަވީރީ ހިނގުމުގެ ދުވާރުމައްޗަށް، ފަސޭހައިން އަރައި ފޭބޭނެ ގޮތް ހެދުމުގެ މަސައްކަތް، މާލެ ސިޓީންކައުންސިލުން ފަށައިފިއެވެ. މި މަސައްކަތް ފަށައިފައި ވަނީ 26 ނޮވެމްބަރ 2024 ވަނަ ދުވަހުއެވެ.

މި މަސައްކަތަކީ، މާލެ ސިޓީއަކީ، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށާއި މާލެއަށް ޒިޔާރަތްކުރާ ފަރާތަކަށް ވެސް، އަމާން، ރައްކާތެރި، ހިތްފަސޭހަ، ސިޓީ ހެދުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ހިމަނުއްވައިގެން ކުރައްވަމުން ގެނދަވާ މަސައްކަތެކެވެ. މި މަސައްކަތް އެއް ކޮށް ނިމޭއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ޚާއްޞަކޮށް ފުރޮޅުލީ ގޮނޑީގައި އުޅުއްވާ ފަރާތްތަކަށް، މާލެ ސިޓީގެ ހުރިހާ މަގުތަކެއްގެ ދުވާރު މައްޗަށް، ފަސޭހަކަމާއެކު އަރައި ފޭބޭނެ ގޮތް ހެދިގެންދާނެއެވެ. މި ވަގުތު ކުރިޔަށް ދަނީ ހަވީރީ ހިނގުމުގެ މަސައްކަތް އެކަންޏެވެ.

މާލެ ސިޓީއަކީ މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށާއި، މާލެއަށް ޒިޔާރަތްކުރާ ފަރާތަކަށް ވެސް، އަމާން، ރައްކާތެރި، ހިތްފަސޭހަ، ތަނަކަށް މާލެ ސިޓީ ހެދުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ހިމަނުއްވައިގެން މި ފަދަ ގިނަ މަސައްކަތް ތަކެއް ވަނީ ކުރައްވާފައެވެ. އޭގެ ތެރޭގައި، މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް އެއްތަނަކަށް ގެންގޮސް، ބުޅަލުގެ ސަބަބުން، މާލެ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ މައްސަލަތައް ޙައްލުކުރުމަށް ތައްޔާރުކުރި ބުޅާ ފެސިލިޓީ، ޚާއްސަ ގޮތެއްގައި ފާހަގަކުރެވެއެވެ.