މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 03 ސެޕްޓެމްބަރ 2025


ކޯރަމް ހަމަ ނުވެ މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފި

މިއަދު ބާއްވަން ތާވަލް ކުރި މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 210 ވަނަޖަލްސާގެ ކޯރަމް ހަމަ ނުވުމުގެ ސަބަބުން ނުބޭއްވި ކެންސަލް ކޮށްފިއެވެ. 

މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާ ބާއްވަނީ ކޮންމެ ހަފްތާއެއްގެ ބުދަދުވަހުގެ ހެނދުނު 9:30 ގައެވެ .

މިއަދުގެ ޖަލްސާ ކެންސަލް ކުރީ ޖަލްސާ ބޭއްވުމަށްހަމަޖެހިފައިވާ ގަޑީގެ އިތުރަށް 15 މިނެޓު ބެލުމަށް ފަހު 9:45 ގައެވެ.

 މާލެ ސިޓީ ކައުންސިލުގައި ތިއްބަވަނީ ޖުމްލަ 19 މެމްބަރުންނެވެ . 

އެއީ މާލެ ސިޓީގެ18 ދާއިރާއަކުން އިންތިހާބު ވެވަޑައިންނަވާފައި ތިއްބެވި 18 މެމްބަރުންނާއި މާލެސިޓީގެ މޭޔަރެވެ.

 މާލެ ސިޓީގެ ރަސްމީ އާންމު ޖަލްސާއެއްގެ ކޯރަމް އަކީ 10 މެމްބަރުންނެވެ .

މިއަދުގެޖަލްސާގެ ގަޑި ހަމަވިއިރު ޖަލްސާއަށް ހާޒިރުވެވަޑައިންނެވީ އޭގެ ތެރެއިން 5 މެންބަރުންނެވެ 

 އެއީ މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ، މާލެ ސިޓީގެ ޑެޕިއުޓީމޭޔަރ އަދި މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު ޢަރީޝް، 

ވިލިމާލެދާއިރާގެ ކައުންސިލަރ ނަހުލާ ޢަލީ ، ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރ މަރްޔަމްނާޡިމާ މުޙައްމަދު ފާއިޒުގެ އިތުރުން

 ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާ މެމްބަރމުޙައްމަދު ސައިފް ފާތިހުއެވެ. 

ކައުންސިލުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ 20 އޯގަސްޓު 2025 ގައެވެ.

 އޭގެ ފަހުން ބޭއްވުމަށް ތާވަލް ކުރި މިދައުރުގެ 209 ވަނަ ޖަލްސާވެސް ވަނީނިމިދިޔަ ހަފްތާގައި ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްފައެވެ. 

މިއީ 4 ވަނަދައުރުގެ ދެ ޖަލްސާ ޖެހިޖެހިގެން ކެންސަލް ކުރަން ޖެހުނު ފުރަތަމަ ފަހެރެވެ.