މަގުބަންދުކުރުމުގެ ހުއްދައަށް އެދޭ ފޯމު
ނޯޓު:
ފޯމު ފުރުމަށްފަހު ބޭނުންވާ ޑޮކިއުމަންޓް ތަކާއި އެކުގައި ahbb.admin@malecity.gov.mv އަށް މެއިލްކޮއްލާށެވެ.
- 5 ދުވަސްކުރިން މަގު ބަންދުކުރުމަށް އެދި ފޯމުހުށަހެޅިކަމުގައިވިޔަސް މަގު ބަންދުކޮށްގެން މަސައްކަތްކުރުމުގެ ހުއްދަ ދޫކުރެވޭނީ މަގުބަންދު ކުރުމުގެ ސަބަބުން ބަންދުވާމަގުތަކާއި ،ސަރަހައްދުގެ އެހެންމަގުތަކަށްބަލާ އެމަގުތައް ބަންދުކުރުމުން މަގުބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނޭމިންވަރު ބަލައިގެންނެވެ.
- އިމާރާތްކުރަމުންދާ ކޮންމެ ސައިޓެއްގައި ނަންބޯޑެއް ހަރުކުރެވިފައިހުންނަށް ޖެހޭނެއެވެ. މިބޯޑުގައި ކުންފުނި / ފަރާތް ، ގޭގެނަން ،ފޯނުނަންބަރު އިމާރާތް ކުރުމަށް ހުއްދަ ނަގާފައިވާ ފަންގިފިލާގެ އަދަދު ،އަދި ގޯތިހިމެނޭ ޞަރަހައްދުގެ މަގާ ޕޭމަންޓް ،ކާނު ރަގަޅުކުރުން . – ފުރަތަމަ ޝީޓަށް ފަހު ބިއްގަޑު އިމަޖެއްސުން.
- މަސައްކަތް ކުރަން ހުއްދައަށް އެދޭދުވަހުގެ އެއްދުވަސްކުރިން ސޭފްޓީޖަހަންޖެހޭތަނެއްނަމަ ސޭފްޓީ ޖަހާ ނިންމަންވާނެއެވެ.މިގޮތުން ސޭފްޓީ ޖަހާނުނިމި ހުންނަ ތަންތަނަށް އެދިފައިވާ ދުވަހަށް ހުއްދަނުދެވޭނެ ވާހަކަ އެންގެވީމެވެ.
- ހުށަހަޅާ ފޯމުތަކަށް ރަސްމީ 5 ދުވަސް ތެރޭ ޚިދުމަތް ދެވޭނެއެވެ.
މިފޯމާއެކުހުށައަޅަން ޖެހޭތަކެތި:
- ސަރަހައްދު ހިމެނޭ ޗާޓެއް
- އިމާރާތް ކުރުމަށް ދޫކުރާ ހުއްދައިގެ ކޮޕީ
- މަދިރި ރިޕޯޓް
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފުރާސްޓްރަކްޗަރ އިންދޫކުރާ ނޭޝަނަލް ކޮންޓްރެކަޓަރސް ރެޖިސްޓްރޭޝަންގެ ކޮޕީ
- ފައުންޑޭޝަން އަޅާތަނެއްނަމަ ފައުންޑޭޝަން އެޅުމަށް ދޫކޮށްފައިވާ ހުއްދައިގެ ކޮޕީ