ޚިދުމަތްތައް

ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރޮންޓް އޮފީސް

ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރޮންޓް އޮފީހުން މިހާރު ކުރާ މަސައްކަތްތަކުގެ ތެރޭގައި އޮފީހުގެ ޔައުމިއްޔާ ބެލެހެއްޓުމާއި، ކަމާބެހޭ ސެކްޝަނަކަށް ފޯނު ޕާސްކުރުމުގެ އިތުރަށް އޮފީހަށް އަންނަ ތަކެތި އެންޓްރީކުރުމާއި އެންމެހައި އިދާރީ މަސައްކަތްތައް ހިމެނެއެވެ. އިތުރަށް ވިދާޅުވުމަށް »

ޢާންމު ޚިދުމަތްތަކާބެހޭ ބައިގެ މެންޑޭޓް

ޢާންމު ޚިދުމަތްތަކާބެހޭ ބައިގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މާލެސިޓީއާއި، ވިލިމާލޭގެ މުނިސިޕަލް ޙިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ރާވާ ހިންގުމުގެ އިތުރަށް ޕާރކްތަކާއި، އިޖްތިމާޢީ މައިދާންތަކާއި، ހުސްބިންތަކާއި، މާރުކޭޓުތަކާއި، ރަށުތެރޭގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، ދުވަހުން ދުވަހަށް މޮނިޓްރކޮށް ބަލަމުންގެންދިއުމާއި އަޅަނޖެހޭ ފިހަވަޅުތައް އެޅުން ހިމެނެއެވެ. އިތުރަށް ވިދާޅުވުމަށް »

ބިމާއި، ގޯތިގެދޮރާއި އަދި ވައިޓަލް ރެޖިސްޓްރޭޝަންއާ ގުޅޭ މަސައްކަތްތައް

މިބައިން ކުރާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޯތިގެދޮރާއި، ޢިމާރާތްތަކުގެ ރަޖިސްޓްރީ ހެދުމާއި ތަންތަނަށް ކިޔާ ނަން ފާސްކޮށްދިނުމެވެ. އިތުރަށް ވިދާޅުވުމަށް »

ޢިމާރާތް ކުރުމުގެ ހުއްދަ ދިނުމާބެހޭ ބައި

މިބައިގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މާލޭގައި އެއްބުރިއަށް ޢިމާރާތް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކަށް ޤަވާއިދުން ހުއްދަ ދިނުމުގެ އިތުރަށް ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން ފާސްވާ ކުރެހުންތަކަށް ހުއްދަދިނުމުގެ ކުރިން ސައިޓް ޗެކު ކުރުމެވެ. އިތުރަށް ވިދާޅުވުމަށް »