ލޭންޑް ބައި
- މާލެ، ހުޅުމާލެ، ވިލިމާލެ، ތަންތަނުގެ (ގޯތި، އެއްމެދު، ބިން، ފްލެޓު) ރަޖިސްޓަރީ ހެދުން.
- ރަޖިސްޓަރީ ހެދުމަށް ތަންތަނަށް ކިޔާ ނަން ފާސްކުރުން
- ރަޖިސްޓަރީތައް އަޕްޑޭޓް ކުރުން.
- ރަޖިސްޓަރީގައި ހިމަނަންޖެހޭ ޗާޓް ކުރެހުން.
- ގޯތި/ ބިން ޗާޓު ކުރެހުމަށް ސާރވޭކުރުން/ އައުޓްލައިން ޗާޓް ކުރެހުން.
- ސާރވޭ ކުރަންޖެހޭ ހުރިހާ މަސައްކަތް ކުރުން
- މާލެ ޗާޓް އަޕްޑޭޓް ކުރުން (މާލެ/ ވިލިމާލެ)
- ގޯތި ގެދޮރާގުޅޭގޮތުން ހުށަހެޅޭ މައްސަލަ ބެލުން.
- ކޯޓުން އަންނަ ގޯތި ގެދޮރުގެ މައްސަލަތައް ބަލާ ޖަވާބު ފޮނުވުން.
- ރަހުނު ރަޖިސްޓްރީ ކޮށްފައިވޭތޯ ބެލުމަށް ކޯޓުތަކާއި ލޯރފާމްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ދިނުން
- ގޯތިތަކާއި އަދި ހަވާލުކުރެވޭ ބިންތަކުގެ އިންވަކިކުރަން
- ކޯޓު ތަކުން އަންނަ ވިއްކާލާ ގޯތިތަކުގެ ޓެކްސް މަސަކަތް
- ގޯތިތަކުގެ އިން ޗެކުކުރުމާއި އިމުގެ މައްސަލަތައް ބެލުން އަދި ހައްލުކުރުން
- ރަހުނު ކުރުމާއިގުޅޭ މަސައްކަތް ކުރުން. (ރަހުނު ރަޖިސްޓަރީ ކުރުމާއި ރަހުނު ޚަލާޞް ކުރުން)
- ބޯހިޔާ ވަހިކަމާއިގުޅޭ މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތަކަށް މަޢުލޫމާތު ސާފުކޮށްދިނުން
- ޢިމާރާތް ކުރުމާބެހޭ އެކިއެކި ހުއްދަ ދިނުން (ފައުންޑޭޝަން، އިންފާރާއިގުޅޭ އެކިއެކި ހުއްދަ)
- ރާއްޖެތެރޭން އަންނަ ގޯއްޗާބެހޭ މެސެޖްތަކަށް ޖަވާބު ދިނުން
- ގޯއްޗާއި ބެހޭ ޝަކުވާގެ މައްސަލަ
- ކުލީ ހުއްދަ
- މާލެ/ ވިލިމާލެ/ ހުޅުމާލެ އިންސް ޕެކްޓް ކުރުން (ނަންބޯޑު ޗެކުކުރުން)
- ސެކްޝަނުގެ އިދާރީ މަސައްކަތްތައް ކުރުން.