ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަނުން މިހާރު ކުރާ މަސައްކަތްތައް
- އޮފީހުގެ ޔައުމިއްޔާ ލިޔުން.
- ޕީއޭޕީ އެކްސްއަށް އަންނަ ފޯނުތައް ކަމާގުޅޭ ސެކްޝަންތަކަށް ޕާސްކުރުން.
- މޭޔަރ އާ ބައްދަލުކުރަންއެދޭ ޢާއްމު ފަރާތްތަކާ ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
- އޮފީހަށް އަންނަ ތަކެތި އެންޓްރީކޮށް ސެކްޝަންތަކަށް ޙަވާލުކުރުން.
- ޖެމްސްއިން އަންނަ ތަކެތި ކަމާގުޅޭ ސެކްޝަންތަކަށް ފޯވާޑުކުރުން.
- ވެރިންގެ ބައްދަލުވުން ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމާއި ޔައުމިއްޔާ ލިޔުން.
- އޮފީސް ހުޅުވާ ތަޅުދަނޑި ގެނެސްގެންދިއުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރުން.(ސިޓީ ކައުންސިލް ހުރިހާ އޮފީސްތަކެއް)
- ހެނދުނު މާފަންނު އޮފީހާއި މައްޗަންގޮޅީ އޮފީސް ހުޅުވުމުގެ ޓޭބަލް ހަދާ ހަވާލުކުރުން .
- މާފަންނު އޮފީހުގެ ސެކްޝަންތަކުން ލިބޭ ތަކެތި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
- ޒަކާތު ފަންޑުން އެހީހޯދުމަށް ހުށަހަޅާ ފަރާތްތަކުގެ ރިޕޯޓް ނަގައި ލިޔެ ތައްޔާރުކޮށް ޙަވާލުކުރުން.
- އެލް.ޖީ.އޭއަށް ފޮނުވަންޖެހޭ 6މަހުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.
- އެލް.ޖީ.އޭއަށް ފޮނުވަންޖެހޭ އަހަރު ރިޕޯޓް ލިޔެ ތައްޔާރުކޮށް ފޮނުވުން.
- ކައުންސިލުން ރައްޔިތުންނާ އަދި އެކިއެކި ބައްދަލުކުރެއްވުމަށް ހޯދަންޖެހޭ ހޯލް ހޯދުމާއި ހޯލް ތައްޔާރު ކުރުމާއި ސައުންޑް ހަމަޖެއްސުމާއި ބައްދަލުވުމާގުޅޭ ހުރިހާ ކަމެއް ކުރުން.
- އޮފީހުން ބާއްވާ އެކިއެކި ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުން.
- އޮފީހުގެ (މާފަންނު އޮފީހަށް) ސައިކޮޓަރިއަށް ބޭނުންވާ ތަކެތި (ހަރުމުދާ) ހޯދުން.
- އޮފީހުގެ ސެކްޝަންތަކަށް ހޯދަންޖެހޭ ތަކެތި ހޯދުން، (ހަރުމުދާ)
- އިދާރީބައިގެ ބެލުމުގެ ދަށުގައި ތިބޭ ދިވެހި މަސައްކަތު މީހުންގެ ކަންތައްތައް ބެލެހެއްޓުން.
- އިދާރީބައިގެ ބެލުމުގެ ދަށުގައި ތިބޭ ބިދޭސީންގެ ކަންތައްތައް ބެލެހެއްޓުން.
- އޮފީސް ފޮޅާ ސާފުކުރުމުގެ ކަންތައްތައް ދިވެހި، ބިދޭސީ މަސައްކަތު މީހުންލައްވާ ކުރުވުން.
- އޮފީހުގެ އެއަރކޯންތައް ސަރވިސްކޮށް ބެލެހެއްޓުން.
- އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުން.
- އޮފީހުން އަލަށް ހަދާ އޮފީސް ޢިމާރާތްތައް ހެދުމުގެ ކަންކަން ކުރުން.
- އަލަށް ހަދާ ޕާރކިން ޒޯންތަކުގެ ކަންކަން ކުރުން.
- މޭޔަރ ކާރު ބެލެހެއްޓުމާއި ޑްރައިވަރުގެ ކަންކަން ބެލެހެއްޓުން.
- މޭޔަރ ކާރު ހެދުމާއި ރޯޑްވާދިނަސް ހެދުން.
- މޭޔަރ ކާރުގެ އަހަރީ ފީދެއްކުމުގެ މަސައްކަތް ކުރުން.
- މޭޔަރ ކާރަށް ބޭނުންވާ ތަކެތި (އެއަރފުރެޝްނަރ، ޓިޝޫ) ހޯދުން.
- މާލޭގައި ހުރި ޕާރކުތައް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުން.
- ވިލިމާލެ ބީޗް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުން.
- އޮފީހުގެ މެއިންޓަނަންސްއާގުޅޭ ހުރިހާ މަސައްކަތެއް ކުރުން.