7 މަސް ކުރިން

ޢާންމު ޚިދުމަތްތަކާބެހޭ ބައިގެ މެންޑޭޓް

  1. މާލެސިޓީއާއި، ވިލިމާލޭގެ މުނިސިޕަލް ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ރާވާ ހިންގުން.
  2. ޕާރކްތަކާއި، އިޖްތިމާޢީ މައިދާންތަކާއި، ހުސްބިންތަކާއި، މާރުކޭޓްތަކާއި، ރަށުތެރޭގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، ދުވަހުން ދުވަހަށް މޮނިޓަރކޮށް ބަލަމުންގެންދިއުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  3. ދުއްވާތަކެއްޗަށާއި، ހިނގާމީހުނަށް ރައްކާތެރި ގޮތުގައި މަގުތައް ބެލެހެއްޓުމާއި، މަގުތަކަށް ދަތިވާގޮތަށް ހުންނަ ގަސްކޮށުން.
  4. މަގުތަކުން ފެންހިންދުމަށް ޤާއިމްކޮށްފައިވާ ނިޒާމްތަކާއި، ވަޅުގަނޑުތަކާއި، ކާނުތައްސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  5. މާރުކޭޓް ތަކަކީ ޢާންމުން ބޭނުން ކުރުމަށް އެކަށީގެންވާ، އަދި ކާބޯތަކެތި ވިއްކުމަށް ކަމުދާ ތަންތަނުގެ ގޮތުގައި ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މިންގަނޑުތަކެއް ކަނޑައަޅައި، އެމިންގަނޑު ތަކަށް ޢަމަލު ކުރުން.
  6. މަގުތަކާއި، އިޖްތިމާޢީ މައިދާންތަކާއި، ޕާރކްތަކުގައި ގަސްއިންދާ އާލާކޮށް ބެލެހެއްޓުމާއި، މިފަދަ މައިދާންތަކުގައި ޑިއުޓީ ކުރުން.
  7. މަގުދިއްލުމަށް ޤާއިމްކުރެވޭ ނިޒާމްތައް ބެލެހެއްޓުމާއި، ހުސްބިންތަކާއި، ޕާރކްތަކާއި، އިޖްތިމާޢީ މައިދާންތަކުގައި ބައްތިޖަހާ އަލިކޮށް، އަދި މަރާމާތުކޮށް ބެލެހެއްޓުން.
  8. ޓްރެފިކް ނިޝާންތައް ހަރުކުރުމާ، މަގުތަކުގައި ޓްރެފިކަށް ބޭނުންވާ ކުރެހުންތައް ކުރަހާ، ޕާރކިން ޒޯންތައްހަދާ ބެލެހެއްޓުން.
  9. މަގުކޮނުމާއި، މަގުންގާނެގުމާއި، މޫދަށް ފެންދޫކުރުމަށް މަގުތަކުގައި ހޮޅިވަލުލުމާއި، މިނޫނަސް އެކިބޭނުންތަކަށް މަގުތަކުގައި މަސައްކަތް ކުރުމާއި، މަގުބަންދު ކުރުމުގެ ހުއްދަ ދިނުމުގެ އެންމެހާ ކަނަކަން ހިންގައި ބެލެހެއްޓުން.
  10. ފައްތިޔާ ދޫކުރުމާ، ފަޅުހުއްދަ ދޫކުރުމާއި، ރައްކާތެރި ކަމާއެކު ފަޅުބޭނުން ކުރެވޭނެ ގޮތުގެމަތިން ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. ޕެސްޓް ކޮންޓްރޯލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތުގައި ކުރަމުންގެންދިއުމާއި، ޢާންމުޞިއްޙަތާގުޅޭ ގޮތުން ބަލަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ބަލަމުން ގެންދިއުން.
  12. ޢިމާރާތްކުރާ ތަންތަނުގެ ސޭފްޓީ ޗެކްކުރުމާއި، އިޞްލާޙް ކުރުމުގެ ގޮތުން  އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  13. ސަރުކާރުން އިންތިޒާމްކުރާ އިވެންޓްތަކާއި ގުޅިގެން ކުރަންޖެހޭ ޚާއްޞަ މަސައްކަތްތައް ސަރުކާރުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރަމުން ގެންދިއުމާއި، އަދި ޤައުމީ އެކި މުނާސަބަތު ތަކަށް މަގުތަކުގައި ދިދަޖަހައި ޒީނަތްތެރި ކުރުން.
  14. ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުން މަގުތަކުގައިކުރާ މަސައްކަތް މޮނިޓަރ ކުރަމުން ގެންދިއުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  15. ޤަވާޢިދާއި ޚިލާފަށް މަގުތަކުގައި ބަހައްޓާ ތަކެތި ހަމަޖެހިފައި އޮންނަ އުޞޫލުން ނަގަމުން ގެންދިމާއި، އަދި މަގުތަކުގައި ޤަވާޢިދާއި ޚިލާފަށް ބަހައްޓާ އުޅަނދުތައް ފުލުހުން ޓޯ ކުރުމުގައި އެހީތެރިވުން.
  16. މަގުފާރުތަކާއި، ތޮށިގަނޑުތަކާއި، އިޖްތިމާޢީ ތަންތަނުގައި ކުރަހާކުރެހުންތަކާއި، ޤަވާޢިދާޚިލާފަށް ހަރުކުރާ އިޝްތިހާރުތައް ނައްޓާ ސާފުތާހިރު ގޮތުގައި ބެލެހެއްޓުން.
  17. އެކިފަރާތްތަކުން ހުށަހަޅާ ޢާންމު އުދަނގޫ ތަކާގުޅޭ މައްސަލަތަކަށް ރިޢާޔަތްކޮށް، އިޖްތިމާޢީ ދުޅަހެޔޮކަން ރައްޔިތުންނަށް ކަށަވަރު ކޮށް ދިނުމަށް މަސައްކަތް ކުރުމާއި، ޙައްލުނުކުރެވޭ މައްސަލަތައް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުން.
  18. މާލެސިޓީއާއި، ވިލިމާލޭގެ ސޯޝަލް ހައުސިންގ ފްލެޓްތަކުގެ މެއިންޓަނަންސްއާއި ގުޅޭ އެންމެހާ ކަންތައްތައް ވިލަރެސްކޮށް ހިންގާ ބެލެހެއްޓުން.

ސެކްޝަންތަކަށް މަސައްކަތް ބެހިފައިވާ ގޮތާއި، ވެރިން ޢައްޔަން ކުރެވުނު ގޮތުގެ ތަފްޞީލް

1- ފްލެޓް މެއިންޓަނަންސް އޮފީސް

  • މާލެސިޓީއާއި، ވިލިމާލޭގެ ސޯޝަލް ހައުސިންގެ ފްލެޓްތަކުގެ މެއިންޓަނަންސްއާއި ގުޅޭ އެންމެހާ ކަންތައްތައް ވިލަރެސްކޮށް “ފްލެޓް މެއިންޓަނަންސް އޮފީސް” ހިންގެވުން.
  • ފްލެޓް ތަކުގެ ޢާންމު ޙާލަތު ބަލަމުން ގެންދިއުމާއި، ހަލާކުވާ ތަންތަން މަރާމާތު ކުރުން.
  • ފްލެޓް ތަކުގެ ފަޔަރ ސިސްޓަމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުން.
  • ފުލުހުންނާއި ގުޅިގެން ފްލެޓް ތަކުގެ ސެކުއިރިޓީ ނިޒާމް ބެލެހެއްޓުން.
  • ފްލެޓް ތަކުގެ ލިފްޓަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިފްޓް ތަކުގެ މެއިންޓަނަންސް ބެލެހެއްޓުން.
  • ފްލެޓް ޢިމާރާތްތަކާއި މަގުފާރުތަކުގެ މަރާމާތާގުޅޭ ހުރިހާ މަސައްކަތެއް ކުރުމާއި، ކުލަލައި ރީތިކޮށް ބެލެހެއްޓުން.
  • ފްލެޓް ތަކުގެ ޢާންމު ސާފުތާހިރުކަމާބެހޭ ކަންކަން ބެލެހެއްޓުން.

2- ރޯޑް މެނޭޖްމަންޓް ސެކްޝަން

  • މަގުކޮނުމާއި، މަގުން ގާނެގުމާއި، މޫދަށް ފެންދޫކުރުމަށް މަގުތަކުގައި ހޮޅިވަލުލުމާއި ގުޅޭ ހުރިހާ ކަމެއް ހަމަޖެހިފައިވާ އުޞޫލުން ހިންގާ ބެލެހެއްޓުން.
  • އެކިބޭނުންތަކަށް މަގުތަކުގައި ކުރާ މަސައްކަތާ ގުޅޭގޮތުން ބޯޑު ދޫކުރުމާއި، މަގުބަންދު ކުރުމުގެ ހުއްދަ ދިނުމާއި، މިފަދަ ޚިދުމަތްތަކަށް އަގުނެގުމުގެ އެންމެހާ ކަންތައްތައް ޤަވާޢިދުން ހިންގައި ބެލެހެއްޓުން.
  • ޢިމާރާތްކުރާ ތަންތަނުގެ ސޭފްޓީ ޗެކްކުރުމާއި، އިޞްލާޙް ކުރުމުގެ ގޮތުން  އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުން މަގުތަކުގައި ކުރާ މަސައްކަތްތައް މޮނިޓަރ ކުރަމުން ގެންދިއުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • “ފަސޭހަމަގު” އެޕްލިކޭޝަނާއިގުޅޭ އެންމެހާ ކަންތައްތައް ބަލަމުން ގެންދިއުމާއި، ދުއްވާތަކެއްޗަށާއި، ހިނގާމީހުނަށް ރައްކާތެރި ގޮތުގައި މަގުތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކުރުން.
  • ޤަވާޢިދާއި ޚިލާފަށް މަގުތަކާއި، ޕޭމަންޓްމަތީ ހުންނަ ތަކެތި ހަމަޖެހިފައި އޮންނަ އުޞޫލުން ނަގަމުން ގެންދިއުން.

3- ކޯރޕަރޭޓް ސެކްޝަން

  • ޑިޕާޓްމަންޓުގެ އެޑްމިނިސްޓްރޭޝަން ދާއިރާގެ ހުރިހާ މަސައްކަތެއް ހިންގާ ބެލެހެއްޓުން.
  • މުވައްޒަފުންނާބެހޭ އެންމެހާ ކަންތައްތައް ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އުޞޫލްތަކާއި އެއްގޮތަށް ބެލެހެއްޓުން.
  • ބިދޭސީ މުވައްޒަފުންގެ މެޑިކަލް ކަންތައް ތަކާއި، ވަރކްޕާމިޓާއި ވިސާގެ ކަންތައް ޤަވާޢިދުން ބެލެހެއްޓުން.
  • ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަނާއި ކެއުމުގެ ކަންތައް ހިނގަމުންދާގޮތް ބަލަމުން ގެންދިއުމާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެއްތުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ހިންގާ ބެލެހެއްޓުން.
  • ޢިލްމާއި ހުނަރުގެ ގޮތުން މުވައްޒަފުންނަށް ލިބިދޭންޖެހޭ ތަމްރީންތައް ދިނުމުގެ ކަންތައް ހިންގުން.
  • މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ލިބިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ޑިޕާރޓްމަންޓުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމާގުޅޭ މަސައްކަތްތައް ބެލެހެއްޓުން.
  • ލިބޭފައިސާއާއި، ފައިސާއާގުޅޭ ލިޔެކިއުންތަކާއި ރިޕޯރޓްތައް ފުރިހަމަކޮށް ޤަވާޢިދުން ބެލެހެއްޓުން.
  • ޕެޓީކޭޝް ބެލެހެއްޓުމާއި، ފައިސާ ދޫކުރުމާއި، ރިއެންބަސް ކުރުމާއި، ގުޅޭ މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލުން ހިންގާ ބެލެހެއްޓުން.

4- ޕްރޮކިއުމަންޓް އެންޑް މެއިންޓަނަންސް ސެކްޝަން

  • ޕްރޮކިއުމަންޓް ދާއިރާގެ ހުރިހާ މަސައްކަތެއް ޤަވާޢިދުން ހިންގާ ބެލެހެއްޓުން.
  • ޑިޕާރޓްމަންޓަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމުގައި މިނިސްޓްރީގެ ޕްރޮކިއުމަންޓާއި ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  • އިޢުލާން ކޮށްގެން ހޯދަންޖެހޭ މުދަލާއި ޚިދުމަތްތަކާ ގުޅޭ ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރު ކުރުން.
  • ޑިޕާރޓްމަނޓުގެ ސްޓޮކް ބެލެހެއްޓުމާއި، ހަރުމުދަލާއި، އިންވެންޓްރީއާއި ގުޅޭ ހުރިހާ ކަމެއް ޤަވާޢިދުން ބެލެހެއްޓެވުން.
  • ވަރކް ޝޮފާއި ވަޑާންގޭގެ މަސައްކަތްތައް ވިލަރެސްކޮށް ހިންގުމާއި، މެއިންޓަނަންސް ދާއިރާގެ ހުރިހާ ކަމެއް ބެލެހެއްޓުން.
  • ޑިޕާރޓްމަންޓުގެ ބެލުމުގެ ދަށުގައިހުރި ޢިމާރާތްތަކާއި، ޕާރކްތަކާއި، މައިޒާންތަކާއި، އެހެނިހެން ވަޞީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ހިންގުން.
  • ވެހިކަލްތަކަށް ބޭނުންވާ ތެލާއި، ސްޕެއަރޕާރޓްސްއާއި، އެހެނިހެން ތަކެތި ހޯދުމާއި، މަރާމާތުގެގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ހިންގާ ބެލެހެއްޓުން.

5- އޮޕަރޭޝަންސް ސެކްޝަން

ސަރުކާރުން އިންތިޒާމްކުރާ އިވެންޓްތަކާއި ގުޅިގެން ކުރަންޖެހޭ ޚާއްޞަ މަސައްކަތްތައް ސަރުކާރުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރަމުން ގެންދިއުމާއި، ޤައުމީ އެކި މުނާސަބަތު ތަކަށް މަގުތަކުގައި ދިދަޖަހައި ޒީނަތްތެރި ކުރުން.

  • ރަސްރަނި ބަގީޗާއާއި، މިފަދަ އެހެނިހެން ޕާރކްތަކާއި މައިދާންތައް އޭގެއެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރަމުން ގެންދިއުމާއި މިފަދަ މައިދާން ތަކުގައި ޑިއުޓީ ކުރުން.
  • ޓްރެފިކް ނިޝާންތައް ހަރުކުރުމާ، މަގުތަކުގައި ޓްރެފިކާގުޅޭ ކުރެހުންތައް ކުރަހާ، ޕާރކިން ޒޯންތައްހަދާ ބެލެހެއްޓުން.
  • މަގުތަކުގައި ޤަވާޢިދާއި ޚިލާފަށް ބަހައްޓާފައި ހުންނަ ތަކެއްޗާއި، އުޅަނދުތައް ފުލުހުން ޓޯ ކުރުމުގައި އެހީތެރިވުން.
  • މަގުތަކާއި، މައިދާންތަކާއި، ޕާރކްތަކުގައި ގަސްއިންދާ އާލާކޮށް ބެލެހެއްޓުމާއި، މަގުތަކަށް ދަތިވާގޮތަށް ހުންނަ ގަސްކޮށުން.
  • މަގުތަކުން ފެންހިންދުމަށް ޤާއިމްކޮށްފައިވާ ނިޒާމްތަކާއި، ވަޅުގަނޑުތަކާއި، ކާނުތައްސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  • މަގުތަކުގައި ޤަވާޢިދަށް ނުފެތޭ ގޮތަށް ހުންނަ އެކިބާވަތުގެ ތަކެއްޗާއި، ހޮޅިފަދަ ތަކެތި ނެގުމާއި، މަގުފާރުތަކާއި، ތޮށިގަނޑުތަކާއި، އިޖްތިމާޢީ ތަންތަނުގައި ކުރަހާކުރެހުންތަކާއި، ޤަވާޢިދާޚިލާފަށް ހަރުކުރާ އިޝްތިހާރުތައް ނެއްޓުން.
  • މަގުބައްތިތައް ދިއްލައި ބެލެހެއްޓުމާއި، ހުސްބިންތަކާއި، ޕާރކްތަކާއި، އިޖްތިމާޢީ މައިދާންތަކުގައި ބައްތިޖަހާ އަލިކޮށް، އަދި މަރާމާތުކޮށް ބެލެހެއްޓުން.

6- އެންވަޔަރްންމެންޓް އެންޑް ހާބަރ މެނޭޖްމަންޓް ސެކްޝަން

  • ފައްތިޔާ ދޫކުރުމާ، ފަޅުހުއްދަ ދޫކުރުމާއި، ރައްކާތެރި ކަމާއެކު ފަޅުބޭނުން ކުރެވޭނެ ގޮތުގެމަތިން ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މާރުކޭޓްތަކާއި، ގާޑިޔާތަކަކީ ކާބޯތަކެތި ވިއްކުމަށް ކަމުދާ ތަންތަނުގެ ގޮތުގައި ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މިންގަނޑުތަކެއް ކަނޑައަޅައި، އެމިންގަނޑު ތަކަށް ޢަމަލު ކުރުން.
  • ވެމްކޯއާއި ޙަވާލު ކޮށްގެން ކުރިޔަށް ގެންދާ، މާލެސިޓީގެ ވޭސްޓްމަންޓް އެގްރީމެންޓްއާގުޅޭ ހުރިހާކަމެއް ބެލެހެއްޓުން.
  • މާލެސިޓީގެ އިޖްތިމާޢީ މައިދާންތަކާއި، ހުސްބިންތަކާއި، ރަށުތެރޭގެ ޢާންމު ސާފުތާހިރުކަން ދުވަހުން ދުވަހަށް މޮނިޓަރކޮށް ބަލަމުން ގެންދިއުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ޕެސްޓް ކޮންޓްރޯލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތުގައި ކުރަމުން ގެންދިއުމާއި، ޢާންމުޞިއްޙަތާގުޅޭ ގޮތުން ބަލަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ބަލަމުން ގެންދިއުން.
  • އެކިފަރާތްތަކުން ހުށަހަޅާ ޢާންމުއުދަނގޫތަކާގުޅޭ މައްސަލަތަކަށް ރިޢާޔަތްކޮށް، އިޖްތިމާޢީ ދުޅަހެޔޮކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށް މަސައްކަތް ކުރުމާއި، ޙައްލުނުކުރެވޭ މައްސަލަތައް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުން.

7- ވިލިމާލެ ސެކްޝަން

  • ވިލިމާލޭގެ މުނިސިޕަލް ސަރވިސަސްއާއި ގުޅޭ އެންމެހާ ކަންތައްތައް ހަމަޖެހިފައިވާ، އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން ހިންގާ ބެލެހެއްޓުން.
  • ވިލިމާލެ ޔުނިޓުގެ ޚިދުމަތްތަކާގުޅޭ ހުރިހާ އިދާރީ މަސައްކަތެއް ދުވަހުންދުވަހަށް ނިންމުން.