2 އަހަރު ކުރިން

ޢިމާރާތް ކުރުމުގެ ހުއްދަ ދިނުމާބެހޭ ބައި

 1. މާލޭގައި އެއްބުރިއަށް ޢިމާރާތް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ  ކުރެހުންތަކަށް ޤަވާޢިދުން ހުއްދަ ދިނުން.
 2. މާލޭގައި އެއްބުރިއަށް ވުރެ އުސްކޮށް ޢިމާރާތް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން، އެއްވެސް ސްޓޭންޕެއް ނުޖަހާނަމަ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ކުރެހުންތައް ފޮނުވައިގެން އެކުރެހުންތަކުގެ ސްޓްރަކްޗަރަލް ބައި ޗެކުކުރުން.
 3. ހުއްދައަށްއެދި ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން، މައްސަލަޖެހޭ ކުރެހުންތަކާ ގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް ވެރިފަރާތަށް އެންގުން.
 4. 2 ތައްގަނޑު އަދި 1 ތައްގަނޑު ޖަހާފައިވާ ކުރެހުންތައް މިއިދާރާއިން ޗެކުކުރުމަށްފަހު ޢިމާރާތް ކުރުމުގެ ހުއްދަ އަދި ޢިމާރާތުގެ ބަދަލުގެނައުމުގެ ހުއްދަ ދިނުން.
 5. ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން ފާސްވާ ކުރެހުންތަކަށް ހުއްދަދިނުމުގެ ކުރިން ސައިޓް ޗެކުކުރުން.
 6. ޢިމާރާތް ކުރުމުގެ ހުއްދަ އާ ކުރުމަށް އެދުމުން އެ ހުއްދަ އާކުރުން.
 7. ޢިމާރާތް ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކަށް ޤަވާޢިދުން ހުއްދަ ދިނުން.
 8. ޢިމާރާތް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަންތަނުގެ ތެރެއިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ފޮނުވަންޖެހޭ ކުރެހުންތައް ފޮނުވުން.
 9. މާލޭގައި ޢިމާރާތް ކުރުމުގެ ޤަވާޢިދާއި ޚިލާފުވާ ތަންތަނުގެ މައްސަލަތައް ބެލުން.
 10. ޢިމާރާތް ކުރާއިރު ދިމާވާ މައްސަލަތާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުން.
 11. އިގްތިޞާދީ މަސައްކަތްތައް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކަށް ޤަވާޢިދުން ހުއްދަދިނުމުގައި ބަލަންޖެހޭ ކަންތައްތައް ބަލައި ހުއްދަ ދޭންޖެހޭ ފަރާތްތަކަށް ހުއްދަ ދިނުން.
 12. ކުރެހުން ފާސްކުރުމުގެ އަގުގެ ގޮތުގައި ނަގަންޖެހޭ ފައިސާ އާއި ޖޫރިމަނާވާ ފަރާތްތަކުގެ ފައިސާނެގުމާއި އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި އެފައިސާ ބަޖެޓް ސެކްޝަނާ ޙަވާލުކުރުން.
 13. ޢިމާރާތް ކުރެވޭނެ އުސްމިން ސާފުކުރުމަށްޓަކައި އެކިފަރާތްތަކުން ފޮނުވާ ފޯމުތަކާއި މިނޫންވެސް އެކިއެކި ކަންކަމާ ގުޅިގެން އެކިފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުން.
 14. ޢިމާރާތް ކުރުމާބެހޭ ޤަވާޢިދު، އިތުރަށް ގެނެވޭ އިސްލާހުތަކާއެކު ބެލެހެއްޓުން.
 15. ޢިމާރާތް ކުރުމުގެ ހުއްދަދިނުމަށްފަހު ހުއްދަދެވޭ ކުރެހުންތަކުގެ ފުލްސެޓެއް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ (ސީ.އައި.ޑީ.ޑީ) ޑިޕާރޓްމަންޓަށް ފޮނުވުން.
 16. އިންޖިނިއަރ/ އާކިޓެކްޓްންގެ ޕްރޮޖެކްޓް ވެރިފިކޭޝަން ލިސްޓް ފޮނުވުމުން  އެ ޗެކުކޮށް މަޢުލޫމާތު ފޮނުވުން.
 17. ސްޓެޓިސްޓިކަލް ބިއުރޯ އަށް ޢިމާރާތް ކުރުމުގެ ހުއްދަދެވުނު އަދަދު / ޢިމާރާތް ބޭނުން ކުރެވުނު އަދަދުގެ އަޕްޑޭޓް ފޮނުވުން.
 18. ފާސްކޮށްފައިވާ ކުރެހުމާއި ހުއްދަތަކުގެ ކޮޕީ ހޯދަން އެދުމުން އެ ހުއްދަތަކުގެ ކޮޕީ ދޫކުރުން.