މާލެ ސިޓީ ކައުންސިލް 1448 ވަނަ އަހަރުގެ ޤުރުއާން އަދި މަދަހަ މުބާރާތުގެ ވީޑިއޯ ރިކޯޑިން ހަދާދިނުމާއި ބްރޯޑްކާސްޓުކުރުމާ ގުޅޭ،

Number

(IUL)425-A2/1/2026/254

Published date

23 Nov 2026

Due date

03 Dec 2026 - 11:00

މާލެ ސިޓީ ކައުންސިލް 1448 ވަނަ އަހަރުގެ ޤުރުއާން އަދި މަދަހަ މުބާރާތުގެ ވީޑިއޯ ރިކޯޑިން ހަދާދިނުމާއި ބްރޯޑްކާސްޓުކުރުމާ ގުޅޭ،

މާލެ ސިޓީ ކައުންސިލުގެ 1448 ވަނަ އަހަރުގެ ޤުރުއާން އަދި މަދަހަ މުބާރާތުގެ ވީޑިއޯ ރިކޯޑިން ހަދާދިނުމާއި ބްރޯޑްކާސްޓުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

26 ނޮވެންބަރު 2026 (ބުރާސްފަތި)

13:00

މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

އަގު ހުށަހެޅުން

03 ޑިސެންބަރު 2026 (ބުރާސްފަތި)

11:00

މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސެޝަނަށް ޚާޟިރުވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ.

23 ނޮވެންބަރު 2026

Related documents