ނަންބަރު
(IUL)425-B6/1/2025/03
ޕަބްލިޝްކުރި ތާރީޚު
12 މެއި 2025
ސުންގަޑި
01 މެއި 2025 - 07:50ނަންބަރު
(IUL)425-B6/1/2025/03
ޕަބްލިޝްކުރި ތާރީޚު
12 މެއި 2025
ސުންގަޑި
01 ޖުލައި 2025 - 07:50
މާލޭ އުތުރު ފަރާތު ލޯކަލް މާރުކޭޓު ސަރަހައްދުގެ ފަޅު ބޭނުންކުރާ އުޅަނދުފަހަރަށް އެ ސަރަހައްދަށް ވަދެ ނުކުތުމުގައާއި، ސަރަހައްދުން ޚިދުމަތް ހޯދުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލެއް ގެނެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމައްޓަކައި އެ ސަރަހައްދަށް ބައެއް ބަދަލުތައް ގެނައުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މި ބަދަލުތަކާ ގުޅިގެން، ލޯކަލް މާރުކޭޓުގެ ހުޅަނގު ކަނުން ފެށިގެން ކެނދިގަސް ހިނގުމުގެ އިރުމަތީ ކަނާ ހަމައަށް ހިމެނޭ ފަޅުގެ ސަރަހައްދު ބޭނުންކުރާ ހުރިހާ އުޅަނދުފަހަރެއް 30 ޖޫން 2025 ގެ ކުރިން ސިޓީ ކައުންސިލުގައި ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ. މި ރަޖިސްޓްރޭޝަނަށް ބޭނުންވާ ފޯމު ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ސަރަހައްދަކީ މަސްވެރި އުޅަނދުފަހަރާއި،އަތޮޅުތަކަށް މުދާ އުފުލާ ބޮޑެތި ބޯޓު ފަހަރު ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ. ޚާއްޞަކޮށް މަސްމާރުކޭޓަށް މަސް ވިއްކަން އަންނަ އުޅަނދުފަހަރާއި މުދާ އަރުވާ ބޭލުމުގެ ޚިދުމަތްދޭ ފަރާތްތަކުގެ އުޅަނދުފަހަރު ގިނައިން ބޭނުންކުރާ ސަރަހައްދެކެވެ.https://www.gazette.gov.mv/iulaan/340894
އައު އިންތިޒާމުގެ ދަށުން އެ ސަރަހައްދަށް ޚިދުމަތް ހޯދުމަށް އަންނަ މަސްދޯނި ފަހަރާއި މުދާ އުފުލާ އުޅަނދު ފަހަރުން ސަރަހައްދަށް ވަދެ ޚިދުމަތް ހޯދަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ހުންނަ މި ކައުންސިލްގެ ފޯސްޓްގައި ނޯޓްކުރަން ވާނެއެވެ.އަދި 01 ޖުލައި 2025 އިން ފެށިގެން މި ސަރަހައްދުގައި އަޅާފައި ހުންނަ އުޅަނދު ފަހަރާއި، ޚިދުމަތް ހޯދާ ހުރިހާ އުޅަނދު ފަހަރުން މާލޭސިޓީގެ ފަޅުތަކާއި ބަނދަރުތައް ބެލެހެއްޓުމުގެ ޤަވާޢިދުގެ ދަށުން ފީ ނަގަމުން ގެންދެވޭނެއެވެ. މި ބަދަލުތަކަކީ އެ ސަރަހައްދުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފަޅުގެ ޖާގަ އިތުރަށް ތަނަވަސްކޮށް، ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ގެނެވޭ ބަދަލުތަކެއްކަމަށް ވެސް ދަންނަވަމެވެ.
ވީމާ،މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.