ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ) ޤާނޫނުގެ 107 ވަނަ މާއްދާގައި ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ތަކުގެ ތެރެއިން 2025ވަނަ އަހަރުގެ ދެވަނަ ބައްދަލުވުން ބާއްވާ ދުވަސް ކަނޑައެޅުން.

ނަންބަރު

(IUL)425-A1/1/2025/131

ޕަބްލިޝްކުރި ތާރީޚު

07 ޖުލައި 2025

ސުންގަޑި

29 ޖުލައި 2025 - 07:01

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ) ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަހަރުގެ ދެވަނަ ބައްދަލުވުން 2025 ޖުލައި 29ވާ ބުރާސްފަތި ދުވަހުގެ ރޭ 08:45ގައި މާލެ ސިޓީ ކައުންސިލުގެ އިދާރާ، (ތައިސޭކޮށި، ބޮޑުތަކުރުފާނު މަގު) ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މި ބައްދަލުވުމަށް މާލެ ސިޓީގެ ރައްޔިތުންނަށް ދައުވަތު އަރުވައި، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

12 މުޙައްރަމް 1447

07 ޖުލައި 2025

ގުޅުންހުރި ޑޮކިޔުމެންޓްތައް