މާލެ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ބޭނުންވާ ސޭފްޓީ ޝޫޒް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ، (2 ވަނަ އިޢުލާން)

ނަންބަރު

(IUL)425-A2/1/2025/222

ޕަބްލިޝްކުރި ތާރީޚު

21 އޮކްޓޯބަރ 2025

ސުންގަޑި

02 ނޮވެމްބަރ 2025 - 08:00

މާލެ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ބޭނުންވާ ސޭފްޓީ ޝޫޒް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ، (2 ވަނަ އިޢުލާން)

މިއިދާރާގެ ފަރާތުން މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ބިދޭސީ މުވައްޒަފުން ބޭނުންކުރުމަށް ބޭނުންވާ ސޭފްޓީ ޝޫޒް (މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ސައިޒުގެ) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2025/174 އިޢުލާނާ ގުޅިގެން މަޢުލޫމާތު ކަރުދާހަށް ބަދަލެއް ގެންނަންޖެހުމާއި ގުޅިގެން އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

26 އޮކްޓޫބަރ 2025 (އާދިއްތަ)

10:00

މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

އަގު ހުށަހެޅުން

02 ނޮވެންބަރ 2025 (އާދިއްތަ)

13:00

މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

21 އޮކްޓޫބަރު 2025

ގުޅުންހުރި ޑޮކިޔުމެންޓްތައް