މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ޢާއްމު ޖަލްސާ

111

Sitting

4

Term


Jul 20

Date

19

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

- މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ 500 ހައުސިންގ ޔުނިޓުގެ ތެރެއަށް ވިލިމާލޭ ސިނަމާލެ 04 ފްލެޓްއިން ފްލެޓް ލިބިވަޑައިގެން ތިއްބެވި ފަރާތްތައް ބަދަލުކުރުމަށްފަހު ސިނަމާލެ 04 ފްލެޓް ހުރި ބިން ރީ-ޑިވެލޮޕްކުރުމަށް މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ވިލިމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ 500 ހައުސިންގ ޔުނިޓުގެ ތެރެއަށް ވިލިމާލޭ ސިނަމާލެ 04 ފްލެޓްއިން ފްލެޓް ލިބިވަޑައިގެން ތިއްބެވި ފަރާތްތައް ބަދަލުކުރުމަށްފަހު ސިނަމާލެ 04 ފްލެޓް ހުރި ބިން ރީ-ޑިވެލޮޕްކުރުމުގެ ގޮތުން ހަދަންޖެހޭ ކަރުދާސް ތައްޔާރުކޮށް ހުށަހަޅާ އިއުލާންކުރުމާއެކު ކަމާގުޅޭ އިޖުރާޢަތްތައް ފުރިހަމަކުރުމަށްޓަކައި މަސައްކަތް ފެށުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

- ލޭންޑް ސްކޭޕިންގ އެންޑް ގްރީނަރީ ޑިޕާޓްމެންޓަށް އިތުރަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމާމެދު ކައުންސިލުން ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ލޭންޑް ސްކޭޕިންގ އެންޑް ގްރީނަރީ ޑިޕާޓްމެންޓަށް ނެގުމަށް މިއަދުގެ ޖަލްސާގައި ހުށަހެޅިފައިވާ ކަރުދާހުގައިވާ މުވައްޒަފުން ނެގުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

- ވިލިމާލޭގެ ފެރީ ޓަރމިނަލް ކުރިމަތީ ހުރި ޖިމް އެހެން ސަރަޙައްދަކަށް ބަދަލުކުރުމާމެދު ކައުންސިލްގައި މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ވިލިމާލޭގެ ފެރީ ޓަރމިނަލް ކުރިމަތީ ހުރި ޖިމް އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

- މަގު ފާރަވެރިންގެ އެހީތެރިކަމާއެކު މާލޭގައި ހަލާކުވެފައިވާ މަގުތަކާއި ހަނި ގޯޅިތައް ފާހަގަކޮށް ރިޕޯޓެއް ތައްޔާރުކޮށް ވަކި ޝެޑިއުލްއެއްގެ ދަށުން ހަލާކުވެފައިވާ މަގުތަކާއި ގޯޅިތައް މަރާމާތު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ހުރިހާ ކައުންސިލަރުން އެ ކައުންސިލަރެއްގެ ދާއިރާގައި ހިމެނޭ މަގުތަކުގެ ހާލަތު ބަޔާންކޮށް ޖުލައި މަހުގެ ނިޔަލަށް ރިޕޯޓެއް ތައްޔާރުކޮށް ކައުންސިލް ފްލޯރއަށް ހުށަހެޅުމާއި އޮގަސްޓް 15 އަށް މާލޭ ސިޓީ ކައުންސިލުން ތައްޔާރުކުރާ ކައުންސިލްގެ ބަޖެޓުގައި މަގުތައް މަރާމާތު ކުރުމަށް ބޭނުންވާ ގަލާއި ކާނު ހެދުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ކަންކަމަށް ހިނގާނެ ޚަރަދާއި އަދި އެ މަސައްކަތް ކުރުމަށް ބޭނުންވާ މުވައްޒަފުންނާއި އިކުއިޕްމެންޓްސް ގަތުމަށް ހިނގާނެ ޚަރަދު މިކަންކަން ކުރުމަށް އޮންނަ ޤާނޫނީ އިމުގެ ތެރެއިން ބަޖެޓުގައި ހިމެނުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

- މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ޕާކިންގ ޒޯންތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުފަހަރާމެދު އަމަލު ކުރާނެ ގޮތެއް ކަނޑައެޅުން

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ޕާކިންގ ސްލޮޓްތަކުގެ ތަފްޞީލީ ރިޕޯޓެއް ކައުންސިލަށް ހުށަހެޅުމަށާއި ކުރިއަށް އޮތް ތަނުގައި ޕާކިންގ ސްލޮޓްތައް ދިނުމުގައި ގެންގުޅޭނެ މައިގަނޑު އުޞޫލެއް ތައްޔާރުކޮށް ކައުންސިލުން ފާސްކޮށް، އުޞޫލުގެ ތެރެއިން ޕާކިންގ ޒޯންތައް ދިނުމަށާއި ކައުންސިލުން ދޫކޮށްފައިވާ ޒޯންތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކު ކުރުމުން ކައުންސިލުން އަމަލު ކުރާނެ ގޮތް އުޞޫލުގައި ހިމެނުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

- ސްޓެލްކޯގެ ނަންބަރު: 6-A/425/2023/26 ސިޓީން އެދިފައިވާ ވިލިމާލެއަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ވިލިމާލޭ އިންޖީނުގެއާ އިންވެގެން ޓްރާންސްފޯމަރެއް ބެހެއްޓުމަށް ބިން ހަމަޖެއްސުމާމެދު ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ސްޓެލްކޯގެ ނަންބަރު: 6-A/425/2023/26 ސިޓީން އެދިފައިވާ ވިލިމާލެއަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ވިލިމާލޭ އިންޖީނުގެއާ އިންވެގެން ޓްރާންސްފޯމަރެއް ބެހެއްޓުމަށް އެދިފައިވާ މައްސަލާގައި އެ ކުންފުނީގެ ވިލިމާލޭ އިމުގެ ތެރޭގައި ޖާގަ އޮތް މިންވަރު ކައުންސިލުން ބެލުމާއި އެޖާގައިގެ ތެރެއިން އެކަން ހަމަޖެއްސުމަށް ސްޓެލްކޯއަށް އެންގުމަށާއި މާލޭ ސިޓީގެ ސަރަޙައްދުން ކުރިއަށް އޮތް ތިން އަހަރަށް ސްޓެލްކޯއަށް ޖާގަ ބޭނުންވާ ވަރުގެ މައުލޫމާތު ހިމެނޭ ޕްލޭން އެއް ކައުންސިލަށް ހިއްޞާ ކުރުމަށް އެންގުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 171-M(A)/425/2023/134 ސިޓީން އެދިފައިވާ ހ. ފޯވިންޑް އިމާރާތް ހިމެނޭ ސަރަޙައްދުގައި 04 ފްރޮޅުލީ ވެހިކަލް ޕާރކްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ، އިމާރާތުގެ ވެހިކަލް ޕާކިންގ ހެދިފައިވާ ސަރަޙައްދަށް ވަދެނިކުތުމަށް ލަންސިމޫ ގޯޅީގައި " NO PARKING " ބޯޑު ހަރުކުރުމާއި މަގު ކުރެހުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 171-M(A)/425/2023/134 ސިޓީން އެދިފައިވާ ހ. ފޯވިންޑް އިމާރާތް ހިމެނޭ ސަރަޙައްދުގައި 04 ފްރޮޅުލީ ވެހިކަލް ޕާރކްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ، އިމާރާތުގެ ވެހިކަލް ޕާކިންގ ހެދިފައިވާ ސަރަޙައްދަށް ވަދެނިކުތުމަށް ލަންސިމޫ ގޯޅީގައި " NO PARKING " ބޯޑު ހަރުކުރުމާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލާގައި އެދިފައިވާ ގޮތަށް އެކަން ހަމަޖައްސަވާ ދެވެން ނެތް ކަމަށް ޕޮލިހަށް އެންގުމަށާއި އިމާރާތުގެ އެތެރޭގެ އެރޭންޖްމަންޓް އެހެން ގޮތަކަށް ބަދަލުކުރައްވައިގެން މަޖީދީމަގުން ވަދެވޭ ގޮތަށް ބަދަލު ކުރުމަށް ފެންނަ ވާހަކަ ދެންނެވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.