މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 115 ވަނަ ރަސްމީ އާންމު ޖަލްސާ

115

Sitting

4

Term


Aug 09

Date

19

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 115 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

- ކައުންސިލްގެ އޮފީސް/ސެކްޝަންތަކަށް މުވައްޒަފުން ނެގުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން:

(ހ) ވިލިމާލެ ލޯކަލް މާރުކޭޓް އޮފީސް.

(ށ) ސިނަމާލެ ފްލެޓް އޮފީސް.

(ނ) ވިލިމާލޭގެ ސިނަމާލެ 4 ގެ އޮފީސް.

(ރ) ހުޅުމާލެ ސެކްޝަނުން ބަލަހައްޓަމުން ގެންދާ 10 މިސްކިތް މަރާމާތު ކުރުމާއި ސާފުކުރުމަށް މުވައްޒަފުން ނެގުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ކައުންސިލްގެ އޮފީސް/ސެކްޝަންތަކަށް މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ކަރުދާހުގައިވާ ހުޅުމާލެ ސެކްޝަނުން ބަލަހައްޓަމުން ގެންދާ 10 މިސްކިތް މަރާމާތާއި ސާފްކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ސްޕަވައިޒްކުރުމަށް ހިމަނާފައިވާ 30 މަސައްކަތު މުވައްޒަފުން އުނިކޮށް ހުށަހެޅިފައިވާ ކަރުދާހުގައިވާ އަދަދުތަކަށް މުވައްޒަފުން ނެގުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

- ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ) ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން ޖުލައި މަހުގެ ބައްދަލުވުން ބާއްވާނެ ތާރީހެއް ކަނޑައެޅުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ) ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން ޖުލައި މަހުގެ ބައްދަލުވުން އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

ޖަލްސާގެ ހާޒިރީ

 އާދަމް އާޒިމް
އަހުމަދު ނަރީޝް އިބްރާހިމް ޝުޖާއުޢާއިޝަތު ނިޒްލީ ރަޝީދު  އަހުމަދު ރިޝްވާން ރަޝީދު އައިމިނަތު ރިޝްފާ އަހުމަދުއަހުމަދު އަައިފާންމުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްއިބްރާހީމް މުޙައްމަދުމަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒުސަޢީދާ ރަޝާދުއަޙްމަދު ޟަމީރުޢާއިޝަތު ނާޡިމާއާމިނަތު ޔުމްނާމުޙައްމަދު ޢަރީޝްއިބްރާހީމް އަބޫބަކުރު ހަސަން ނިޘާމްނަހުލާ ޢަލީ