117
Sitting
4
Term
Aug 24
Date
18
Attendance
117
Sitting
4
Term
Aug 24
Date
18
Attendance
މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 117 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން
- 2024 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ މާލޭ ސިޓީ ކައުންސިލުގެ ބަޖެޓު ފާސްކުރުން.
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، 2024 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ މާލޭ ސިޓީ ކައުންސިލުގެ ބަޖެޓު ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
- މާލޭ އަދި ވިލިމާލެ ޕަބްލިކް ފެސިލިޓީސް އަޕްގްރޭޑް ކުރުމާގުޅޭ ގޮތުން ބީ.ޑީ.ޔޫ އިން ތައްޔާރުކޮށްފައިވާ ކަރުދާސް ހިއްޞާ ކުރުމާއި ގޮތެއް ނިންމުން.
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިއަދުގެ ޖަލްސާއަށް ހުށަހެޅުފައިވާ މާލޭ އަދި ވިލިމާލެ ޕަބްލިކް ފެސިލިޓީސް އަޕްގްރޭޑް ކުރުމާގުޅޭ ގޮތުން ބީ.ޑީ.ޔޫ އިން ތައްޔާރުކޮށްފައިވާ ކަރުދާސް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.
- ބީ.ޑީ.ޔޫގެ ޕްރޮޖެކްޓްސް އަޕްޑޭޓް ހިއްސާކުރުމާއި ލޭންޑް ޔޫޒް ޕްލޭން ފާސްކުރުމާ ގުޅޭ ގޮތުން އިތުރަށް ކުރިއަށް ދާނެ ގޮތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ލޭންޑް ޔޫޒް ޕްލޭން އަކީ މާލޭ ސިޓީގެ ރައްޔިތުން ލަފާ ދީގެން އެ ރައްޔިތުންގެ މަޝްވަރާގެ މަތިން އެކުލަވާލާފައިވާ އެއްޗެއްކަމުން މައި ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލު ކުރަން ނުފެންނަ ކަމަށާއި ހުށަހެޅިފައިވާ އިސްލާހުތަކަށް ބަލައި ލޭންޑް ޔޫޒް ޕްލޭން ފާސްކުރުމާ ގުޅޭ ގޮތުން ޕްލޭނިންގ މިނިސްޓްރީއާ އިތުރަށް މަޝްވަރާކުރުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.