މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 125 ވަނަ ރަސްމީ ޢާއްމު ޖަލްސާ

125

Sitting

4

Term


Nov 30

Date

19

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 125 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

- ބީ.ޑީ.ޔޫގެ ޕްރޮޖެކްޓްސް އަޕްޑޭޓް ހިއްސާކުރުމާއި ލޭންޑް ޔޫޒް ޕްލޭން ފާސްކުރުމާ ގުޅޭ ގޮތުން އިތުރަށް ކުރިއަށް ދާނެ ގޮތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ލޭންޑް ޔޫޒް ޕްލޭން އަކީ މާލޭ ސިޓީގެ ރައްޔިތުން ލަފާ ދީގެން އެ ރައްޔިތުންގެ މަޝްވަރާގެ މަތިން އެކުލަވާލާފައިވާ އެއްޗެއްކަމުން މައި ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލު ކުރަން ނުފެންނަ ކަމަށާއި ހުށަހެޅިފައިވާ އިސްލާހުތަކަށް ބަލައި ލޭންޑް ޔޫޒް ޕްލޭން ފާސްކުރުމާ ގުޅޭ ގޮތުން ޕްލޭނިންގ މިނިސްޓްރީއާ އިތުރަށް މަޝްވަރާކުރުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

- ކޮމިޓީތައް އަލުން އެކުލަވާލާ ކޮމިޓީތަކުގެ މެމްބަރުންގެ އަދަދު 5 މެމްބަރުންނަށް ބަދަލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިކައުންސިލްގެ މައިގަނޑު މަސައްކަތްތައް ހިނގަމުންދަނީ މިހާރު ނެގިފައިވާ ކޮމިޓީތަކުގެ މަޝްވަރާ ތަކާއި އެކުކަމަށްވެފައި، މިހާރު މިކައުންސިލްގެ 3 ގޮނޑި ހުސްވެފައިވުމާއި އެކު މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ކައުންސިލްއަށް އައިސްފައި ކަމުން، ކޮމިޓީތައް އަލުން އެކުލަވާލުން މުހިންމުކަމެއްކަމުގައި ދެކޭތީ އަލުން ކޮމިޓީތައް އެކުލަވާލާ ކޮމިޓީތަކުގައި ތިއްބަވާ ބޭފުޅުންގެ އަދަދު 7 އިން 5 އަށް މަދު ކޮށްދެއްވުމަށާއި އަދި މިކަން އަންއޮފިޝަލް ބައްދަލުވުމަކުން މިކަމަށް ގޮތްތަކެއް ނިންމާ ދެންއަންނަ ޖަލްސާއަށް މިކަން ގެނައުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

- ވިލިމާލޭގެ ހުޅަނގުފަރާތު މީހުން މޫދަށް އެރޭ ސަރަހައްދުގައި ސިޓީ ކައުންސިލުން ޚަރަދު ކޮށްގެން ފާޚާނާ ބަރިއެއް ހެދުމަށް ކައުންސިލްގައި މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިކަމަކީ ވަރަށްގިނަ ވިލިމާލޭ ރައްޔިތުންގެ ފަރާތުން އެދޭކަމަކަށްވެފައި މި ސަރަހައްދަކީ ވަރަށްގިނަ ފަރާތްތަކުން މޫދަށް އެރި އުޅޭ ސަރަހައްދަކަށްވެފައި މިކަމުގެ ސަބަބުން ވަރަށްގިނަ ފަރާތްތަކަކަށް އުނދަގޫވާކަމެއްކަމުގައި ފާހަގަކުރެވޭތީ މިތަނުގައި ފާޚާނާ ބަރިއެއް މިސަރަހައްދުގައި ކައުންސިލްގެ ބަޖެޓްއިން ޚަރަދުކޮށްގެން މިމަސައްކަތް ކޮށްދިނުމަށް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

- ވިލިމާލޭގައި ސްވިމިންގ ނުވަތަ ފަތާ ޓްރެކްއެއް އެޅުމަށް ކައުންސިލްގައި މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިކަމަކީ ވަރަށްގިނަ ވިލިމާލޭ ރައްޔިތުންގެ ފަރާތުން އެދޭ ކަމަކަށްވެފައި އެފަރާތްތަކަށް އިރު އިރުކޮޅާ މާލެއައުމަށް ފަސޭހަނުވާތީއާއި އެކު، މިކަން ސަރުކާރުގެ ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް މިކަމުގައި ކުރިއަށް ދެވޭނެކަންކަން ބަލާ މިކަމައިގެން ކުރިއަށް ދިއުމަށްފަހުގައި ކައުންސިލް ފްލޯއަށް ގެނެސް ފާސްކުރުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

ޖަލްސާގެ ހާޒިރީ

 އާދަމް އާޒިމް
އަހުމަދު ނަރީޝް އިބްރާހިމް ޝުޖާއުޢާއިޝަތު ނިޒްލީ ރަޝީދު  އަހުމަދު ރިޝްވާން ރަޝީދު އައިމިނަތު ރިޝްފާ އަހުމަދުއަހުމަދު އަައިފާންމުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްއިބްރާހީމް މުޙައްމަދުމަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒުސަޢީދާ ރަޝާދުއަޙްމަދު ޟަމީރުޢާއިޝަތު ނާޡިމާއާމިނަތު ޔުމްނާމުޙައްމަދު ޢަރީޝްއިބްރާހީމް އަބޫބަކުރު ހަސަން ނިޘާމްނަހުލާ ޢަލީ