126
Sitting
4
Term
Jan 09
Date
18
Attendance
126
Sitting
4
Term
Jan 09
Date
18
Attendance
މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 126 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން
- 2024 ވަނަ އަހަރުގެ މާލޭ ސިޓީ ކައުންސިލްގެ ބަޖެޓް ފާސްކުރުން.
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، 2024 ވަނަ އަހަރުގެ މާލޭ ސިޓީ ކައުންސިލްގެ ބަޖެޓް މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފޮނުވާފައިވާ 142-B2/425/2023/20 ނަންބަރު ސިޓީން އެދިލައްވާފައިވާ ބުކްޝޮޕެއް ހުޅުވުމަށްޓަކައި ވަގުފު ބިމެއް ހަމަޖައްސަވައި ދެއްވުމަށް އެދި ހުށަހަޅާފައިވާތީ، އެކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފޮނުވާފައިވާ 142-B2/425/2023/20 ނަންބަރު ސިޓީން އެދިލައްވާފައިވާ ބުކްޝޮޕެއް ހުޅުވުމަށްޓަކައި ވަގުފު ބިމެއް ހަމަޖައްސަވައި ދެއްވުމުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކޮށް ނިންމެވީ މާލޭގެ ލޭންޑް ޔޫސް ޕްލޭން އަދި މިހާތަނަށް ވެސް ފާސްކޮށްދެއްވާފައި ނުވާތީ، ލޭންޑް ޔޫސް ޕްލޭން ފާސްވުމުން ސަރުކާރާއެކު މަޝްވަރާކޮށް މިކަމަށް ގޮތެއް ނިންމުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
- ޓުއަރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޮނުވާފައިވާ TSM/SN/2023/013 ނަންބަރު ސިޓީން އެދިލައްވާފައިވާ، އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި އޮޕަރޭޓް ކުރާ ވޭލް ސަބްމެރިންގ ޚިދުމަތް ދިނުމަށްޓަކައި މަސްވެރިންގެ ޕްލެޓްފޯރމް މަރާމާތުކޮށް ބޭނުންކުރެވޭނެ ގޮތް ހެދުމުގެ ހުއްދައަކަށް އެދި ހުށަހަޅާފައިވާ ސިޓީއާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ޓުއަރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޮނުވާފައިވާ TSM/SN/2023/013 ނަންބަރު ސިޓީން އެދިލައްވާފައިވާ، އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި އޮޕަރޭޓް ކުރާ ވޭލް ސަބްމެރިންގ ޚިދުމަތް ދިނުމަށްޓަކައި މަސްވެރިންގެ ޕްލެޓްފޯރމް މަރާމާތުކޮށް ބޭނުންކުރެވޭނެ ގޮތް ހެދުމުގެ ހުއްދައަކަށް އެދިފައިވާ މައްސަލައާ ގުޅޭ ގޮތުން އެ ކުންފުންޏާއި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.