130
Sitting
4
Term
Jan 16
Date
18
Attendance
130
Sitting
4
Term
Jan 16
Date
18
Attendance
މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 130 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން
- މާލޭ ސިޓީ ކައުންސިލުން ފެށުމަށްހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ އަޕްޑޭޓް ހިއްޞާކުރުމާއި ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ހުރި ބައެއް ރިކޮމެންޑޭޝަންތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މާލޭ ސިޓީ ކައުންސިލުން ފެށުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ އަޕްޑޭޓް ހިއްޞާކޮށް ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ހުރި ބައެއް ރިކޮމެންޑޭޝަންތަކާއި އެކު މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ކަރުދާސް ފާސްކުރުމަށާއި ޕްރޮޖެކްޓްސްތަކާ ގުޅޭ ގޮތުން މިވަގުތު ކައުންސިލުން އެއްބަސްވެފަހުރި އެއްވެސް ޓާރމްސް އަކަށް ބަދަލެއް ނުގެނެސް މި ޕްރޮޖެޓްސްތައް އަވަސް ކުރުމަށްޓަކައި މިކަމާއި ގުޅޭ ވުޒާރާއަށް (މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ) އަށް ވަގުތީ ގޮތުން މެނޭޖްކުރުމަށް ހަވާލުކުރުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.
- ބޯކޮށްވާރޭ ވެހޭ މޫސުމުގައި ހުޅުމާލޭ ސަހަރާ މިސްކިތުގައި ފެންބޮޑުވާ މައްސަލަ އާއި ހަމަ އެ މިސްކިތުގައި ފާޚާނާބަރިއެއް ހެދުމުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ހުޅުމާލޭ ސަހަރާއާއި މިސްކިތުގައި ބޯކޮށްވާރޭވެހޭ އިރު ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި ޑްރެއިން ސިސްޓަމްއެއް ހަރުކޮށް މިކަމަށް ދާއިމީ ހައްލެއް ގެނައުމަށާއި، ހުޅުމާލޭ ސަހަރާ މިސްކިތުގެ ފާހާނާތައް މަރާމާތު ކުރުމުގެ މަސައްކަތްވެސް މިއާއި އެކުއެކީގައި ކުރިއަށް ގެންދިއުމަށާއި، މިކަންކަން ކުރިއަށް ގެންދާއިރު ހިނަވާގެއަށް ވަދެ ނިކުމެހަދާތަނުގައިވާ އޮޅިގަނޑު ނެގުމުގެ މަސައްކަތްވެސް ކުރިއަށްގެންގޮސް ދެއްވުމަށާއި، އަދި ޅަދަރިމައިންނަށް އެކްސެސްވެވޭފަދަ ފީޑިންގ ރޫމެއް ހެދުމާއި އެކު ފުރޮޅުލީ ގޮނޑިގައި ތިއްބަވާ ފަރާތްތަކަށްވެސް ފަސޭހަވާނެގޮތަކަށް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ފާސްކުރުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ފޮނުވާފައިވާ ސިޓީ ނަންބަރު: 25-IO2/425/2024/02 އެދިފައިވާ މާލޭ ސިޓީގެ މޯޗަރީގައި އޮތް ބަންގްލަދޭޝްގެ ދެ ރައްޔިތުންގެ ހަށިގަނޑު މޯޗަރީގައި ބޭއްވުމަށް ހިނގި ޚަރަދު މާފުކޮށްދިނުމާ ގުޅޭގޮތުން ގޮތެއް ނިންމުން.
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މާލޭ ސިޓީގެ މޯޗަރީގައި އޮތް ބަންގްލަދޭޝްގެ ދެ ރައްޔިތެއްގެ ހަށިގަނޑު ބާވާފައިވާތީ، ވަރަށް ބޮޑު ފީއެއް އަރާފައިވުމާއި ގުޅިގެން މި ފައިސާ މަޢާފުކޮށްދިނުމަށް މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒްއިން އެދިލައްވާފައިވާގޮތަށް އެފައިސާ މަޢާފުކޮށްދިނުމަށް ފާސްކުރުމަށް ފެންނަ ފަރާތްތަކުން ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.