މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 133 ވަނަ ރަސްމީ ޢާއްމު ޖަލްސާ

133

Sitting

4

Term


Feb 07

Date

19

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 133 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

- ދެމެހެއްޓެނިވި ތަރައްޤީގެ ދަށުން 2028 ގެ ނިޔަލަށް ރާއްޖޭގެ އިތުރު 3 ސަރަހައްދެއް ބަޔޮސްފިއަރ ރިޒާވްއަކަށް ހެދުމަށާއި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މި ކަމަށް ޝައުގުވެރިކަން ފާޅުކުރާ ކައުންސިލްތަކަށް އެ ފުރުޞަތު ހުޅުވާލައްވަފައިވާތީ، އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދަށުން 2028 ގެ ނިޔަލަށް ރާއްޖޭގެ އިތުރު 3 ސަރަހައްދެއް ބަޔޮސްފިއަރ ރިޒާވްއަކަށް ހެދުމަށާއި ރާއްޖޭގެ ކޮންމެ ރަށެއްގައި ނޭޗަރ ޕާކެއް ޤާއިމުކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމުމާއި ގުޅިގެން، މި ކައުންސިލްގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށްފަހު ކަމާއި ގުޅޭ ކޮމިޓީން މިކަމާއިމެދު މަޝްވަރާކޮށް ގޮތްތަކެއް ނިންމާ، މިކައުންސިލުން އަމަލު ކުރާނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވާ އެކަންކަން ފާހަގަކޮށް ކައުންސިލްގެ ރަސްމީ ޖަލްސާއަށް ހުށަހެޅުމަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

- މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ " ޔުނިފޯމް ބޭނުންކުރުމުގެ އުޞޫލް " ގެ ޑްރާފްޓް އަދި މުވައްޒަފުންގެ ކާޑް ޑިޒައިން ސާމްޕަލް އާއި ގުޅޭ ގޮތުން ކައުންސިލަރުންގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މާލޭ ސިޓީކައުންސިލްގެ މުވައްޒަފުންގެ "ޔުނިފޯމް ބޭނުންކުރުމުގެ އުޞޫލު' އަދި މުވައްޒަފުންގެ ކާޑް ޑިޒައިން މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާގޮތަށް ފާސްކުރުމަށް، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

- މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާ ކައުންސިލަށް ލިބެމުންދާތީ، ޕާކިންގ ޖާގަ ދޫކުރުމުގައި އަމަލުކުރާ އުޞޫލް މުރާޖާކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީ، މިކަމާއި ގުޅޭގޮތުން މި ކައުންސިލްގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށްފަހު ކަމާއި ގުޅޭ ކޮމިޓީން މިކަމާއިމެދު މަޝްވަރާކޮށް ގޮތްތަކެއް ނިންމާ، ކައުންސިލް ރަސްމީ ޖަލްސާއަށް ހުށަހެޅުމަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓުދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

- މާލޭ ސިޓީ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމަށް ސިވިލް ސާރވިސް ކޮމިޝަނުން ކުރި އިޢުލާން ނަންބަރު 188-RERD-IUL/2023/141 (18 ޑިސެމްބަރ 2024) އާއި ގުޅިގެން މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމަށް، ކްރައިޓީރިއާގެ ހުރިހާބަޔަކުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްކަމުގައިވާ އަލްފާޟިލް ވަޖީޙު ނަސީރު، ފެންވަރު، ކ.ކާށިދޫ އައްޔަނުކުރުމާއި ގުޅޭގޮތުން ސިވިލް ސާރވިސް ކޮމިޝަނުގެ ނަންބަރު 188-CSRS/425/2024/5 (05 ފެބްރުއަރީ 2024) ސިޓީއާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މާލޭ ސިޓީ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމަށް ސިވިލް ސާރވިސް ކޮމިޝަނުން ކުރި އިޢުލާން ނަންބަރު 188-RERD-IUL/2023/141 (18 ޑިސެމްބަރ 2024) އާއި ގުޅިގެން މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމަށް، ކްރައިޓީރިއާގެ ހުރިހާބަޔަކުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްކަމުގައިވާ އަލްފާޟިލް ވަޖީޙު ނަސީރު، ފެންވަރު، ކ.ކާށިދޫ އައްޔަނުކުރުމަށް ފާސްކުރުމާއި ގުޅޭގޮތުން ފެނިވަޑައިގަންނަވާ ގޮތަށްކަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

ޖަލްސާގެ ހާޒިރީ

 އާދަމް އާޒިމް
އަހުމަދު ނަރީޝް އިބްރާހިމް ޝުޖާއުޢާއިޝަތު ނިޒްލީ ރަޝީދު  އަހުމަދު ރިޝްވާން ރަޝީދު އައިމިނަތު ރިޝްފާ އަހުމަދުއަހުމަދު އަައިފާންމުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްއިބްރާހީމް މުޙައްމަދުމަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒުސަޢީދާ ރަޝާދުއަޙްމަދު ޟަމީރުޢާއިޝަތު ނާޡިމާއާމިނަތު ޔުމްނާމުޙައްމަދު ޢަރީޝްއިބްރާހީމް އަބޫބަކުރު ހަސަން ނިޘާމްނަހުލާ ޢަލީ