މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 180 ވަނަ ރަސްމީ ޢާއްމު ޖަލްސާ

180

Sitting

4

Term


Jan 22

Date

14

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 180 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

1. ހުށަހެޅުނު މައްސަލަ: ސްޓާފް ނައިޓް ބޭއްވުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް 07 ފެބްރުއަރީ 2025 ވަނަ ދުވަހު ބާއްވާ ސްޓާފް ނައިޓް ބޭއްވުމަށް ފަރުކޮޅުފުށި ހަމަޖައްސާ ކުލައިގެ ގޮތުގައި ކައުންސިލްގެ ލޯގޯގައިވާ ކުލަ އަދި ސްޓާފް ނައިޓްގައި ހިންގުމަށް ހަމަޖައްސާފައިވާ އައިޓަމްތަކުގެ ގޮތުގައި (މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ޝީލްޑް އާއި ސެޓްފިކެޓް ދިނުން، 20 އަހަރަށް ވުރެ ގިނަ ދުވަހު މާލެ ސިޓީ ކައުންސިލް/މުނިސަޕަލް ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުން، 20 އަހަރުން މަތިން އިތުރުވާ ކޮންމެ 05 އަހަރަކަށް ފެތޭ މުވައްޒަފުން، ކޮންމެ ސެކްޝަނަކުން ހުށަހަޅާ އައިޓަމް، ލަކީ ޑްރޯ އަދި ދެ އައިޓަމްގެ ދެމެދުގައި އަމިއްލަ ހުނަރު ހުށަހެޅުމަށް) އަދި ބާއްވާ ދުވަސް ބަދަލު ކުރާ ކަމުގައި ވަނީ ނަމަ ދެންއަން ޖަލްސާއި ފާސްކުރުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވ

2. ހުށަހެޅުނު މައްސަލަ: ބިނާވެށި ޤާނޫނު ގެ ދަށުން މާލެ ސިޓީ ކައުންސިލްގެ ނަމުގައި ހުރި ބިންބިމުގައި އެބިމެއް ތަރައްޤީކުރުމަށް ޑިވެލޮވްލޮޕްމަންޓް ކޮންޓްރޯލްސް ތައްޔާރުކުރާނީ މާލެ ސިޓީކައުންސިލް އިން ކަމަށްވާ އިރު، މިހާރު ޑިވެލޮޕްކުރުމަށް އެގްރީމެންޓްކޮށްފައިވާ ބައެއް ބިންތަކުގައި ޑިވެލޮޕްމަންޓް ކޮންޓްރޯލްސް ނެތި ޑީޓެއްއިލް ކުރެހުންހަދާ ޢިމާރާތްކުރުމުގެ ހުއްދައަށް އެދެމުންދާތީ މިކަމަށް ގޮތެއް ކަނޑައަޅާދެއްވުމަށް، މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މިހާރު އެބިމެއް ތަރައްޤީ ކުރުމަށް އެގްރީމެންޓްކޮށްފައިވާ ބިންތަކަށް ޑިވެލޮޕްމަންޓް ކޮންޓޮރޯލްސް ތައްޔާރުކޮށް އެއާ އެއްގޮތަށް މިހާރު ފާސްކުރުމަށް ހުށަހަޅާފައިވާ ކުރެހުންތައް ބަދަލުކުރަން ޖެހުމަކީ ބޮޑު ޙަރަދުތަކެއް ހިނގާނެ ކަމަކަށް ވާތީ އެބިން ހަވާލުކުރި އެބިން ތަރައްޤީކުރުމަށް ހަދާފައިފާ އެގްރީމަންޓްގައި ހުރި، މަތީގާއިވާ ނުކުތާތައް (ޢިމާރާތުގެ އުސްމިން، ޢިމާރާތާއި އިމުގެ ދެމެދުގައި ހުންނަންވީ މިންތައް (ސެޓްބެކް)، ހުސްޖާގަތައް (ގްރީން އޭރިޔާ) ،ޕާރކިންގ އޭރިޔާ) ކަމަށް ބަލާ އެ އެގްރީމަންޓްކީ މިވަގުތު އެތަނަކަށް ހަދާފައިވާ ކޮންޓްރޯލްސްކަމަށް ކައުންސިލުން ނިންމާ މި ނިންމުން ދެމިއޮންނާނީ ކައުންސިލުން ޑިވެލޮޕްމަންޓް ކޮންޓްރޯލްސް އަލުން ހަދާ ކައުންސިލަށް ހުށަހަޅާ ފާސްކުރުމާއި ހަމައަށް މިއަދު މިނިންމާ ނިންމުން ދެމިއޮންނާނެ ކަމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

3. ގްރީނަރީ ކޮމެޓީ އުފެއްދުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ގްރީނަރީ ކޮމެޓީއެއް އުފައްދާ އެ ކޮމެޓީގެ މުޤައްރިރު ކަމަށް އިބްރާޙިމް އަބޫބަކުރު އަދި ނައިބު މުޤައްރިރު ކަމަށް މަރިޔަމް ރީޙާން ނާޒިމް އަދި މެންބަރުންގެ ގޮތުގައި އައިޝަތު ނިޒްލީ ރަޝީދު، ޙަސަން ނިޒާމް، އަޙްމަދު ރިޝްވާން ރަޝީދު، ފާތިމަތު ޝައުފާ ސަލީމް އަދި އައިޝަތު ނާޡިމާ ހަމަޖެއްސުމަށާއި މިހާރު އޮތް ޑިޒާސްޓަރ އެންޑް އެންވައިރަމަންޓް ކޮމެޓީގެ ނައިބު މުޤައްރިރު ކަމުގައި މިހާރު ހުރި އިބްރާޙިމް އަބޫބަކުރުގެ ބަދުލުގައި، ޑިޒާސްޓަރ އެންޑް އެންވައިރަމަންޓް ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި އައިމިނަތު ރިޝްފާ އަޙްމަދު ހަމަޖެއްސުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

ޖަލްސާގެ ހާޒިރީ

 އާދަމް ޢާޒިމް
ޢަލީ އައިމަން އައިމިނަތު ރިޝްފާ އަހުމަދުފާތިމަތު ޝައުފާ ސަލީމްސަޢީދާ ރަޝާދުޢާއިޝަތު ނާޡިމާއާމިނަތު ޔުމްނާ ހަސަން ނިޘާމްނަހުލާ ޢަލީ ޢާއިޝަތު ނިޒްލީ ރަޝީދުމުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްފާތިމަތު އިޝާން ޢަލީއިބްރާހީމް އަބޫބަކުރު