މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 179 ވަނަ ރަސްމީ ޢާއްމު ޖަލްސާ

179

Sitting

4

Term


Jan 15

Date

13

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 179 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

1. "ބެސެލް ކޮންވެންޝަން" ގައި މާލޭ ސިޓީކައުންސިލުން ބައިވެރިވުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މިކަމަކީ މި ކައުންސިލުން އެއްވެސް ޚަރަދެއް ހިނގާނޭ ކަމެއް ނޫންކަމަށާއި ނަމަވެސް އެކި ގޮތްގޮތުން އެހީތެރިކަން ލިބޭނޭ ކަމެއް ކަމުގައިވާތީ، "ބެސެލް ކޮންވެންޝަން" ގައި މާލެ ސިޓީކައުންސިލުން ބައިވެރިވުމާއި މެދު ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

2. ހުށަހެޅުނު މައްސަލަ: މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް، މާލެ ސިޓީ ކައުންސިލުން ރަމަޟާންމަހަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ދެމުންދާ "ރޯދަ ހަދިޔާ" ދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ވޭތުވެ ދިޔަ އަހަރުތަކެކޭވެސް އެއްގޮތަށް ކުރިއަށްއޮތް ރަމަޟާން މަހަށް މަރުހަބާ ކިޔާ އިރު މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި ހަދިޔާއެއް ދިނުމަށާއި، މިއަހަރު ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް (ކޮންޓްރެކްޓް މުވައްޒަފުން ހިމެނޭ ގޮތަށް) -/1000 ރުފިޔާގެ މަގުން ރޯދަހަދިޔާއެއް ދިނުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

3. މިއަހަރުގެ ވަނަ އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބާއްވާނެ ދުވަހެއް ކަނޑައެޅުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ) ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަހަރުގެ ފެބްރުއަރީމަހު ބާއްވަންޖެހޭ ބައްދަލުވުން، 13 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް، ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

4.ހުށަހެޅުނު މައްސަލަ: "އިންޓަރެކްޓިވް މިއުޒިއަމް" އެއްގެ ގޮތުގައި އުސްގެކޮޅު ތަރައްއްޤީ ކުރުމުގެ މަސައްކަތް ދިވެހިބަހާ ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ބޭނުންވާތީ، އުސްގެކޮޅުގައި ހުރި މާލެ ސިޓީކައުންސިލްގެ ތަކެތި ހުސްކޮށް، އުސްގެކޮޅުގެ ތަޅުދަނޑި ހަވާލުކުރުމަށް އަންގާފައިވާތީ އެކަމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލެ ސިޓީ ކައުންސިލް އާއި ދިވެހިބަހާ ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއާ ގުޅިގެން "އިންޓަރެކްޓިވް މިއުޒިއަމް" އެއްގެ ގޮތުގައި އުސްގެކޮޅުގެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

ޖަލްސާގެ ހާޒިރީ

 އާދަމް ޢާޒިމް
ޢަލީ އައިމަންފާތިމަތު ޝައުފާ ސަލީމްސަޢީދާ ރަޝާދުމުޙައްމަދު ޢަރީޝް ހަސަން ނިޘާމްނަހުލާ ޢަލީ ޢާއިޝަތު ނިޒްލީ ރަޝީދުމުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްމަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒުފާތިމަތު އިޝާން ޢަލީއިބްރާހީމް އަބޫބަކުރު